Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

6 އެޕްރީލު 2020 | ހޯމަ 15:50

އޯއައިސީގެ ބައްދަލުވުން ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 6 އެޕްރީލު 2020 | ހޯމަ 15:50
2017 ވަނަ އަހަރު ބޭއްވި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިން

2017 ވަނަ އަހަރު ބޭއްވި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިން

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް-އުޘައިމީން ވިދާޅުވީ ބައްދަލުވުން ބާއްވާނީ ބުރާސްފަތިދުވަހުކަމަށާއި، ބައްދަލުވުން ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިސްލާމީ އުއްމަތުގެ ޤައުމުތަކުން، ގުޅިގެން މިކަމާއި ކުރިމަތިލުމަށް، ވަކިން ޚާއްޞަކޮށް މި ރޯގާއިން އަރައިގަތުމަށް ކުރެވިދާނެކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްކަމަށެވެ.

އަދި މުސްލިމް ޤައުމުތަކަށް ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެއިން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ޑރ. ޔޫސުފް އަލް-އުޘައިމީން ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 އިން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް އެއްޤައުމު އަނެއް ޤައުމާއި ހިއްސާކުރެވި، އަދި ކަމާއި ގުޅުން ހުރި ސްޓެެރެޓެޖީއެއް މި ބައްދަލުވުމުގައި އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ކަންކަން ވިލަރެސް ކުރާނީ އޯއައިސީގެ ހަތްވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ނިންމާފައިވާ ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނެވެ. އެގޮތުން ބައްދަލުވުން ކުރިޔަށްގެންދާނީ މިކަމަށް ކޮވިޑް-19 އާއި ހަނގުރާމަކުރުމަށް އެކުލަވާލާފައިވާ ޞިއްޙަތާއި ބެހ ޚާއްޞަ ސްޓިއަރިންގް ކޮމިޓީއަކުންނެވެ. މި ސްޓިއަރިން ކޮމިޓީގައި ހިމެނެނީ ސައުދީއަރަބިއްޔާ، ޔޫއޭއީ، ދިވެހިރާއްޖެ، ޕާކިސްތާން، މޮރިޓޭނިއާ، މިޞްރު، ޗާޑް، ތުރުކީވިލާތް، މެލޭޝިޔާ، އިންޑޮނޭޝިޔާގެ އިތުރުން އީރާނެވެ.

މީގެ ކުރިންވެސް، ޑރ. ޔޫސުފް އަލް-އުޘައިމީން ވަނީ މެންބަރު ޤައުމުތަކުގެ ފަންނީ މާހިރުންނާއި، ސައިންސްވެރިންނާއި، ކަމާއި ގުޅުންހުރި މުއައްސަސާތަކައް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ދުނިޔެ މިފަދަ ނުރައްކަލަކާއި ކުރިމަތިލާއިރު، އަދި މުޅި ދުނިޔެ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، މުސްލިމް އުއްމަތް މިކަމުން ދުރުވެގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ މުސްލިމް ދުނިޔޭގައި ވެސް މިފަދަ ވެކްސިންއެއް އުފެއްދޭނެ ޤާބިލު ފަންނުވެރިންނާއި، ވަޞީލަތްތައް ހުރިކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ޖުމުލަ 57 މެންބަރު ޤައުމުގެ ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ މައި މަރުކަޒު ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. އަދި އޯއައިސީގެ އާބާދީއަކީ 1.8 ބިލިއަން މީހުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް