Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ފާއިތުވި ދެ ހަފުތާތެރޭގައި އިޓަލީން އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު

ހިނގަމުންދާ 24 ގަޑިއިރު އިޓަލީން ވައިރަސް ޖެހިގެން މަރުވެފައިވަނީ 525 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އެޕްރީލު 2020 | އާދީއްތަ 18:54
ކޮވިޑް-19 އިޓަލީގައި ފެތުރޭ މިންވަރު ވަނީ ކުޑަކޮށް މަޑުޖެހިލާފައި

ކޮވިޑް-19 އިޓަލީގައި ފެތުރޭ މިންވަރު ވަނީ ކުޑަކޮށް މަޑުޖެހިލާފައި

ކޮވިޑް-19 ޖެހިން އެންމެ ގިނައިން މީހުން މަރުވަމުންދާ އިޓަލީން ފާއިތުވި ދެހަފްތާ ތެރޭގައި އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދުއެވެ.

އެގޮތުން ހިނގަމުންދާ 24 ގަޑިއިރު އިޓަލީން ވައިރަސް ޖެހިގެން މަރުވެފައިވަނީ 525 މީހުންނެވެ. މިހާތަނަށް އިޓަލީން 15,887 މީހުން މަރުވެގެން ވަނީ ރިޕޯޓުކޮށްފައެވެ. މީގެއިތުރުން ވައިރަސް ޖެހިގެން ހާލު ބޮޑު މީހުންގެ އަދަދުވެސް ދަށަށްގޮސްފައިވާކަމަށް އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

އިޓަލީގައި ހޮނިހިރު ދުވަހު ވައިރަސް ޖެހިފައިވާ މީހުންގެ ޖުމުލައަކީ 124,632 އެވެ. އެއަދަދު އާދިއްތަ ދުވަހު ވަނީ 128,948 އަށް އަރާފައެވެ. މިއީ، މިހާތަނަށް އެގައުމުގައި ވައިރަސް ހަލުވިމިނުގައި ފެތުރެން ފެށިފަހުން އެއްދުވަހަށްވުރެ އަނެއް ދުވަހު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ކުޑަކޮށްވެސް މަދުވި ފުރަތަމަ ފަހަރެވެ.

އާދިއްތަ ދުވަހު އިޓަލީން ވަނީ 21،815 މީހުން ވަނީ ރަނގަޅު ކުރެވިފަވާ ކަމަށް ބުނެފައެވެ. ހޮނިހިރު ދުވަހު އެގައުމުން ރަނގަޅު ކުރެވިފައިވާ ކަމަށް ބުނެފައިވަނީ 20،996 މީހުންނެވެ.

މިހާރު އިޓަލީގައި އައިސީޔޫތަކުގައި 3,977 މީހުން ތިބިކަމަށް އެގައުމުން ބުނެއެވެ. އެއީ ހުކުރު ދުވަހާ އަޅާބަލާއިރު 17 މީހުންގެ ދަށްވުމެއްކަމަށްވެސް އެގައުމުން ބުނެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2020

ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުން

31 މާރިޗު 2020
ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުން
19 މާރިޗު 2020

ކޮވިޑް-19: އިޓަލީން ބުދަ ދުވަހު އެކަނި ވެސް 475 މީހުން މަރުވެއްޖެ

19 މާރިޗު 2020
ކޮވިޑް-19: އިޓަލީން ބުދަ ދުވަހު އެކަނި ވެސް 475 މީހުން މަރުވެއްޖެ
23 ފެބުރުއަރީ 2020

އިރާނުގައި ބޭއްވި އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނިކުތީ މިފަހަރުގެ އިންތިޚާބުގައި

23 ފެބުރުއަރީ 2020
އިރާނުގައި ބޭއްވި އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނިކުތީ މިފަހަރުގެ އިންތިޚާބުގައި
23 ފެބުރުއަރީ 2020

ފާއިތުވި 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ރެއިންބޯ ހަރުފަ އެއް ފްލޮރިޑާއިން ފެނިއްޖެ

23 ފެބުރުއަރީ 2020
ފާއިތުވި 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ރެއިންބޯ ހަރުފަ އެއް ފްލޮރިޑާއިން ފެނިއްޖެ
18 ޑިސެމްބަރު 2019

ފާއިތުވި 16 އަހަރު ތެރޭ ނޫސްވެރިން އެންމެ މަދުން މެރި އަހަރަކަށް މިއަހަރު!

18 ޑިސެމްބަރު 2019
ފާއިތުވި 16 އަހަރު ތެރޭ ނޫސްވެރިން އެންމެ މަދުން މެރި އަހަރަކަށް މިއަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު