Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 60،000 އަށްވުރެ މައްޗަށް އަރައިފި

42,324 މީހުން ތިބީ ސީިރިއަސް ޙާލަތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 އެޕްރީލު 2020 | އާދީއްތަ 01:53
ކޮވިޑް-19 އަދިވެސް ދުނިޔޭގައި ހަލުވިމިނުގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 އަދިވެސް ދުނިޔޭގައި ހަލުވިމިނުގައި އަންނަނީ ފެތުރެމުން

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ދުނިޔޭގެ 207 ޤައުމަކާއި ޓެރިޓަރީއެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 1,199,064 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެެވެ. އަދި ވައިރަސްގައި މިހާތަނަށް 64,650 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާދީގެން 246,166 މީހުން ވަނީ ރަނގަޅުވެފައެވެ.

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި 888,248 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 42,324 މީހުން ސީިރިއަސް ޙާލަތުގައި ތިބިކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.

ފާއިތުވި 24 ގަޑިއިރު މުޅި ދުނިޔެއިން 5,476 މީހުން މަރުވެފައިވާއިރު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާ އާއި ފްރާންސުންނެވެ. އެމެރިކާއިން ފާއިތުވި 24 ގަޑިއިރު 1,037 މީހުން މަރުވެފައިވާއިރު ފްރާންސުން 1,053 މީހުން ވަނީ މަރުވެފަ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުންދަނީ ސްޕެއިނާއި އިނގިރޭސިވިލާތުންނެވެ. ސްޕެއިން ފާއިތުވި 24 ގަޑިއިރު 749 މީހުން މަރުވެފައިވާއިރު އިނގިރޭސިވިލާތުން 708 މީހުންވަނީ ފާއިތުވި 24 ގަޑިއިރު މަރުވެފަ އެވެ. އަދި އިޓަލީން ވަނީ ފާއިތުވި 24 ގަޑިއިރު 681 މީހުން މަރުވެފަ އެވެ.

އެންމެ ގިނައިން މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ އިޓަލީން މިހާތަނަށް 15,362 މީހުން މަރުވެފައިވާއިރު ސްޕެއިނުން 11,947 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި އެމެރިކާއިން 8,441 މީހުން މަރުވެފައިވާއިރު ފްރާންސުން 7,560 މީހުން ވަނީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު