Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

5 އެޕްރީލު 2020 | އާދީއްތަ 02:00

ސައުދީ އަރަބިއްޔާ ލޮކްޑައުންކޮށް ޖިއްދާގެ ހަތް ސަރަހައްދެއްގައި ހޮނިހިރު ދުވަހުން ފެށިގެން ވަކިގަޑިތަކެއްގައި ކާފިއު ހިންގާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އެޕްރީލު 2020 | އާދީއްތަ 02:00
ޖިއްދާގައި މީހަކު މާސްކުއަޅައިގެން

ޖިއްދާގައި މީހަކު މާސްކުއަޅައިގެން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާ ލޮކްޑައުންކޮށް ޖިއްދާގެ ހަތް ސަރަހައްދެއްގައި ހޮނިހިރު ދުވަހުން ފެށިގެން ވަކިގަޑިތަކެއްގައި ކާފިއު ހިންގާނެކަމަށް އެގައުމުން ހާމަކޮށްފި އެވެ.

ހޮނިހިރު ދުވަހުން ފެށިގެން މިފިޔަވަޅުތައް އެޅުމަށް އެގައުމުން ނިންމާފައިވާއިރު މި ކާފިއު ހިންގާ ހަތް ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ފިހާރަ އާއި ސިއްހީ ޚިދުމަތް ހޯދުމަށް ބޭރަށް ނިކުމެވޭނީ ހެނދުނު 6 ން ފެށިގެން މެންދުރު 3 އާ ހަމައަށް ކަމަށް ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ. އަދި މިސަރަހައްދުތަކަށް ވަދެ ނިކުމެ އުޅުން އެއްކޮށް މަނާވާނެކަމަށްވެސް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

Advertisement - worldAdvertisement

މިފަދަ ފިޔަވަޅުތަކެއް ސައުދީގެ އެހެން ސިޓީތަކުގައި އަޅާނެކަން މީގެކުޑަދުވަސްކޮޅެއް ސައުދީން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ސައުދީއަށް ތެޔޮ އެތެރެކުރާ ގަލްފުގެ ދައްމާމް ޕޯޓުގައިވެސް ވަނީ މިފިޔަަވަޅުތައް އަޅާފަ އެވެ. ގަލްފްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ 6 ގައުމުގެ ތެރެއިން ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އެގައުމުގައި 2179 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މިހާތަނަށް އާއިރު 29 މީހުން ވަނީ މަރުވެފައެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައިވެސް އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރޭގަނޑު ހިންގާ ކާފިއުގެ މުއްދަތު އިތުރުކޮށް އެކި ސަރަހައްދުތައް ޑިސްއިންފެކްޓް ކުރުމުގެ ކަންކަން ކުރަމުންދާނެކަމަށް އެގައުމުން ބުނެއެވެ. މަރޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގައި ކުރިޔަށްދާ ކާފިއު ވަނީ މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފަ އެވެ.

އަދި އެގައުމުގެ މަގުތަކާއި ، ޕާކްތައް އަދި އާންމު ދަތުރުފަތުރުކުރާ ތަންތަން ރޭގަނޑު 8 ން ފެށިގެން ހެނދުނު 6 އާ ހަމައަށް ޑިސްއިންފެކްޓް ކުރަމުންދާނެކަމަށް އެގައުމުން ބުނެއެވެ. އަދި އެވަގުތުގެ ތެރޭގައި އެގައުމުގެ އެއްވެސް މީހަކަށް ބޭރަށް ނިކުމެ އުޅުން މަނާވާނެކަމަށް އެގައުމުގެ ސަރުކާރުން ހިންގާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ. ޔޫއޭއީގައި ފާއިތުވި 24 ގަޑިއިރު 241 މީހަކަށް ވައިރަސް ޖެހި އެކަކު މަރުވެފައިވާކަމަށް އެގައުމުން ބުނެއެވެ. މިހާތަނަށް އެގައުމުން 1505 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 10 މީހުން ވަނީ މަރުވެފަ އެވެ.

ގަލްފް ސަރަހައްދުގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާއިރު ކުވައިތުން ވަނީ ހޮނިހިރު ދުވަހުން އެގައުމުން ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ މަރުވެފައިވާކަމަށް ބުނެފަ އެވެ. އެގައުމުގައި ފާއިތުވި 24 ގަޑިއިރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 62 ށް އަރާފައިވާއިރު މުޅިޖުމްލަ 479 މީހުންނަށް މިހާތަނަށް އާއިރު ވަނީ ވައިރަސް ޖެހިފަ އެވެ.

ގަތަރުން ހޮނިހިރު ދުވަހު 250 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 1325 މީހުންނަށް އެގައުމުން މިހާތަނަށް ވައިރަސް ޖެހިފައިވާއިރު 3 މީހަކު ވަނީ މިހާތަނަށް ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް