Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް-19:ސްޕެއިންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައި އޮތްއޮތުން އޭޕްރީލް 26 އާ ހަމައަށް އިތުރުކުރަނީ

މިހާރު ސްޕެއިންއިން ފެންނަމުންދާ ކަންކަމަކީ ކުރިން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށް ސަންޗޭޒް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 އެޕްރީލު 2020 | އާދީއްތަ 02:05
މެޑްރިޑްގެ މަގުމަތީގައި އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ

މެޑްރިޑްގެ މަގުމަތީގައި އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ

ސްޕެއިން ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 15 ދުވަހަށް އިތުރުކޮށް އޭޕްރީލް މަހުގެ 26 އާ ހަމައަށް ދިގުދައްމާލުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އެދިވަޑައިގަންނަވާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

ސްޕެއިންގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ރޭޓް ކޮންމެސް ވަރަކަށް މަދުވަމުން އައި ނަމަވެސް މިފިޔަވަޅުތައް ދިގުދައްމާލުން މުހިންމު ކަމަށް ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވި އެވެ. މިހާރު ސްޕެއިންއިން ފެންނަމުންދާ ކަންކަމަކީ ކުރިން އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށާއި ހޮނިހިރު ދުވަހުގެ މިނިންމުމާއެކު އަދިވެސް ފިޔަވަޅުތައް އަޅަމުން ގެންދަވާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ.

މީގެއިތުރުން އީސްޓަރއަށްފަހު އިގްތިޞާދީ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ. އެގޮތުން އިގްތިޞާދީ ބައެއް މަސައްކަތްކަތްތައް ކުރުން މެދުކަނޑާލާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފިހާރަތަކާއި ބަރ އަދި ރެސްޓޯރެންޓްތައް އަދިވެސް ބަންދުކޮށްފައި ހުންނާނެކަމަށް ސަންޗޭޒް ވިދާޅުވި އެވެ.

މީގެއިތުރުން ސަންޗޭޒްގެ ވާހަކަފުޅުގައި ވަނީ ޔޫރަޕްގެ ގައުމުތަކަށް ދިމާވެފައިވާ އިގްތިޞާދީ ކާރިސާއިން ސަލާމަތްވުމަށް އީޔޫއިން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. ސްޕެއިން އާއި އިޓަލީން އެކުލަވާލި ޕްލޭން ޖަރމަނީ އާއި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވަނީ ގަބޫލުކުރަން ދެކޮޅުހަދާފަ އެވެ. ސަންޗޭޒް ވިދާޅުވީ ސްޕެއިން އިން އަބަދުވެސް ޔޫރަޕްގެ ގައުމުތަކުގެ ފައިދާއަށް މަސައްކަތްކުރާނެކަމަށެވެ.

ވައިރަސް ފެތުރޭ މިންވަރާއި މަރުވާ މިންވަރު ދަށަށް ދިޔުން

ސްޕެއިންގައި މިހާތަނަށް އާއިރު 124,736 މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިޓަލީއަށްފަހު އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަކީ ސްޕެއިންއެވެ. އެގޮތުން އެގައުމުން މިހާތަނަށް 11,744 މީހުން ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް ފާއިތުވި 24 ގަޑިއިރު އެގައުމުން މަރުވި މީހުންގެ އަދަދުވަނީ އޭގެކުރީ ދުވަހާ އަޅާބަލާއިރު ދަށަށްގޮސްފަ އެވެ. ހުކުރު ދުވަހު 932 މީހުން މަރުވިއިރު ހޮނިހިރު ދުވަހު މަރުވެފައިވަނީ 809 މީހުންނެވެ. އަދި ބުރާސްފަތި ދުވަހު އެގައުމުން ވަނީ 950 މީހުން މަރުވެފަ އެވެ.

މިއީ ކުރީ ހަފްތާގައި ރިކޯޑް ކުރަމުން އައި އަދަދުތަކާއި އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. މީގެ ހަފްތާއެއް ކުރިން ސްޕެއިން އިން މަރުވެގެން ރިކޯޑް ކުރަމުން އައި އަދަދުތައް އުޅުނީ 20 އިންސައްތައިން މަތީގަ އެވެ. އެހެންނަމަވެސް މިހާރު އެއަދަދު އުޅެނީ 7 އިންސައްތައިން މަތީގަ އެވެ.

ފާއިތުވި ދުވަސްތަކުގައި ސްޕެއިންގައި ވައިރަސް ފެތުރޭ މިންވަރާއި މަރުވާ މިންވަރު ދަށްވަމުން އަންނަކަން ފާހަގަވާ ކަމަށް އެގައުމުގެ ހެލްތު އެމަރޖެންސީ ޓީމުގެ ޑެޕިޔުޓީ ހެޑް މާރިއާ ޖޯސޭ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ރިކޯޑްކުރަމުންދާ އަދަދުތަކުގެ ތެރޭގައި މިވައިރަސް ކުޑަކޮށް ޖެހޭ މީހުންގެ އަދަދުތައް ހިމަނަމުން ނުދާކަމަށް ޖޭސޭ ވިދާޅުވި އެވެ. އެއީ ސީރިއަސް ކޭސްތަކަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށްކަމަށްވެސް ޖޭސޭ ވިދާޅުވި އެވެ.

ބަލިމީހުންނައިގެން ތޮއްޖެހެމުން ދިޔަ ސްޕެއިންގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަރަށް ތަކެތި ފޯރުކޮށްދިނުމުގައި އެގައުމުގެ ސަރުކާރު ވަނީ ނުކުޅެދިފަ އެވެ. އެއާއެކު އެގައުމަށް ބޭނުންވާ ވެންޓިލޭޓަރތައް ހޯދުމަށް ތުރުކީއަށް ވަނީ އޯޑަރ ދީފަ އެވެ. ނަމަވެސް ތުރުކީން ވަނީ އެގައުމުން އުފައްދާ ސިއްހީ ސާމާނު އެކްސްޕޯޓްކުރުމާމެދު ގޮތްތަކެއް ނިންމަމުންދާކަމަށް ބުނެފައެވެ. ތުރުކީ އަކީ މިވަގުތު މުޅި ދުނިޔެއިން މިވައިރަސް އެންމެ ހަލުވި މިނުގައި ފެތުރެމުންދާ 9 ވަނަ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހިގެން މިހާތަނަށް 21،000 ށް ވުރެ ގިނަ މީހުން ވަނީ ރިކޯޑް ކޮށްފަ އެވެ.

ނަމަވެސް ފަހުން ތުރުކީން ވަނީ ސްޕެއިނަށް ސިއްހީ އާލާތްތައް ދިނުމަށް އެއްބަސްވެފަ އެވެ. ސްޕެއިން އިން ހަތަރު ވަނަ ހަފްތާގެ ލޮކްޑައުން ގުނަމުންދާއިރު އެގައުމުގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަނީ ބަންދުކުރެވިފަ އެވެ. އަދި ކޮންމެހެން ބޭރަށް ނިކުމެ އުޅެން ހުއްދަދެވިފައިވާ ފަރާތްތައް ނޫނީ އެއްވެސް ބަޔަކަށް ބޭރަށް ނިކުމެ އުޅުން ސްޕެއިންގައި ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު