Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ތަކެތި ހައްދަވާ، ގަނެފަ ވަގުތުން ފައިސާ ދޭނަން: އަމްރު

ދަނޑުވެރިންނަށް އާމްދަނީ ލިބޭނޭ އިގްތިސާދީ މަސައްކަތްތަކެއް ހިންގަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 އެޕްރީލު 2020 | ހުކުރު 08:19
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ގިނަ ފާރާތްތަކެއް ދަނޑުވެރިކަމުގެ ސިނާއަތަށް ނިކުންނަންޖެހޭކަމަށާއި، ހައްދާ ހުރިހާ ތަކެތި އެސްޓީއޯ އިން ގަންނާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ، ކާނާގެ ޔަގީންކަމަކީ ހަމައެކަނި އާބާދީއަށް އެކަށޭނެވަރަށް 5 މަހެއްގެ ކާޑުގެ ބާވަތްތައް އިމްޕޯޓުކުރުން ނޫންކަމަށާއި މިއަދު ދިމާވެފައިވާ ހާލަތުން ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަކި ދާއިރާއަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމުގެ މުހިންމުކަން ބޮޑަށް އެނގިގެންދާކަމަށެވެ.

އަމްރު ވިދާޅުވީ، މިފަދަ ދަނޑިވަޅުގައި އެންމެ އިސްކަމެއް ދޭންވި އެއްކަމަކީ އެގައުމެއްގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުން ކަމަށާއި އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް އިހުނަށް ވުރެން ފުޅާކުރަންޖެހޭކަމަށެވެ.

ދިވެހިންގެ ކާބޯތަކެތީގެ ޔަގީންކަން ސީދާ ގުޅިފައިވަނީ ދަނޑުވެރިކަމަށްކަމަށާއި ދަނޑުވެރިންނަށް އާމްދަނީ ލިބޭނޭ އިގްތިސާދީ މަސައްކަތްތަކެއް ހިންގަންޖެހޭކަމަށް އަމްރު ވިދާޅުވިއެވެ. އަދި ދަނޑުވެރިން ހައްދާ ހުރިހާ ތަކެތި އެސްޓީއޯއިން ގަންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށާއި އޮންލައިންކޮށް ނަމަވެސް ވަގުތަށް އެ ތަކެއްޗަށް ވާ ފައިސާ ޖަމާކުރާނެކަމަށެވެ.

އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އިތުރަށް ވިދާޅުވީ ދަނޑުވެރިން ހައްދާ ތަކެތި ހެއްދުމުގެ ކުރިން އެ ތަކެތި ގަންނާނެ އަގު އެސްޓީއޯ އިން ހާމަކުރާނެ ކަމަށެވެ. އޭރުން ދަނޑުވެރިން ތަކެތި ހައްދާއިރު، ލިބޭނެ އާމްދަނީވެސް އެނގެން އޮންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް