Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ޗައިނާއިން އުފައްދާ މާސްކާއި، ޓެސްޓް ކިޓްތަކާމެދު ޔޫރަޕުގެ ޤައުމުތަކުން ސުވާލު އުފައްދަނީ

2 އެޕްރީލު 2020 | ބުރާސްފަތި 19:05

ނެދަލެންޑްސް އިން ވަނީ 6 ލައްކަ ފޭސް މާސްކް ހޮސްޕިޓަލުތަކުން ނަގާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އެޕްރީލު 2020 | ބުރާސްފަތި 19:05
ސްޕެއިންގެ ސިއްހީ އޮފިޝަލުން ވަނީ ޗައިނާ އިން ގެނައި ޓެސްޓް ކިޓްތަކުގެ އިތުބާރު ނެތް ކަމަށް ބުނެފައި

ސްޕެއިންގެ ސިއްހީ އޮފިޝަލުން ވަނީ ޗައިނާ އިން ގެނައި ޓެސްޓް ކިޓްތަކުގެ އިތުބާރު ނެތް ކަމަށް ބުނެފައި

ކޮވިޑް-19 ދެނެގަތުމަށް ޗައިނާއިން އުފައްދާ ޓެސްޓް ކިޓްތަކާ، ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މީހުން ބޭނުންކުރުމަށް އުފައްދާ މާސްކްތަކުގެ ކޮލިޓީ ނެތްކަމަށް ބުނާ މައްސަލަތަކެއް ޔޫރަޕުން ފެންމަތިވެއްޖެއެވެ.

ތުރުކީވިލާތާއި، ނެދަލެންޑްސް އަދި މިބަލި ޔޫރަޕުން އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމުތަކަމަށްވާ ސްޕެއިންގެ ޞިއްޙީ އޮފިޝަލުން ވަނީ ޗައިނާ އިން ގެނައި ޓެސްޓް ކިޓްތަކުގެ އިތުބާރު ނެތް މައްސަލައާއި، ޗައިނާއިން ގެނައި މާސްކްތައް ޑަބްލިޔު.އެޗް.އޯ ގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބުނެ، މައްސަލަ ފެންމަތިކޮށްފައެވެ.

ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ނެދަލެންޑްސްގެ ހެލްތު މިނިސްޓްރީއިން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ޗައިނާއިން ގެނެސް، ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ 6 ލައްކަ ފޭސް މާސްކް އެތަންތަނުން ނަގާފައެވެ. މި މާސްކްތައް ނަގާފައިވަނީ އެބޭނުންކުރާ ޑޮކްޓަރުންނާއި ނަރުހުންގެ މޫނުގެ ޝޭޕަށް ފިޓް ނުވުމުންނާއި، އޭގެ ފިލްޓަރ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ. ރަނގަޅަށް މަސައްކަތް ނުކުރިނަމަވެސް އެމާސްކްތަކާއެކު ކޮލިޓީ ސެޓްފިކެޓް އޮތްކަމަށް ނެދަލެންޑްސްގެ ހެލްތު މިނިސްޓްރީއިން ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

ސްޕެއިނުންވެސް ވަނީ ޗައިނާއިން ގެނައި ޓެސްޓް ކިޓްތަކުގެ ބޮޑު ބައެއް ރަނގަޅަށް މަސައްކަތް ނުކުރާ މައްސަލަ ފެންމަތިކޮށްފައެވެ. ޗައިނާގެ ޝެންޒެން ބަޔޯއީޒީ ބަޔޯޓެކްނޮލޮޖީ ކުންފުނިން ލައްކައަކަށްވުރެ ގިނަ ޓެސްޓް ކިޓްތައް ގެނައިފަހުން، އޭގެ ތެރެއިން ބޮޑު ބައެއް މަސައްކަތް ނުކުރާކަން އެނގުނުކަމަށް ސްޕެއިނުން ހާމަކުރިއެވެ. މިކަމާ ގުޅިގެން ޗައިނާއިން ބުނީ އެކުންފުންޏަކީ މެޑިކަލް ސާމާނު އުފައްދާ ވިއްކުމުގެ ހުއްދަ އޮންނަ ބައެއް ނޫންކަމަށެވެ.

މީގެ އިތުރުން ތުރުކީވިލާތުންވެސް ވަނީ ޗައިނާއިން ގެންނަ ޓެސްޓް ކިޓްތަކުގައި މައްސަލަ ހުންނަކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ޗައިނާއިން ގެނައި 3 ލައްކައަށްވުރެ ގިނަ ޓެސްޓްކިޓްތައް ރަނގަޅުކަމަށްވެސް ތުރުކީއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
02 މެއި 2017

އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ

02 މެއި 2017
އުތުރު ކޮރެއާ އިން ނިއުކްލިއަ ޓެސްޓް ކުރުން އަވަސް ކުރަނީ
29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް