Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާ ކާގޯ

ކޮވިޑް-19: ކާގޯގެ ގޮތުގައި ލަންކާއަށް ފޮނުވޭނީ ލަންކާއިން ލިބެންނެތް ޒަރޫރީ ތަކެތި: ފޮރިން މިނިސްޓްރީ

ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެއްތި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 މާރިޗު 2020 | އަންގާރަ 09:53
ލަންކާއިން ގެނައި ކާގޯ މޯލްޑިވިއަންގެ ފުލައިޓުން ބާލަނީ

ލަންކާއިން ގެނައި ކާގޯ މޯލްޑިވިއަންގެ ފުލައިޓުން ބާލަނީ

ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ ޢަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މޯލްޑިވިއަން އިން ސްރީލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ކާގޯ ފުލައިޓްތަކުގައި ބައެއްތަކެތި ފޮނުވައި ދިނުމުގެ އިންތިޒާމު ހަމަޖައްސެމަށް ތައްޔާރުކުރެވިފައިވާ އުސޫލެއް ވަނީ އެކުލަވާލާފައެވެ.

ފޮނުވާނެ ތަކެތި ކަނޑައެޅުން

ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ. އަދި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެއްޗެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ؛

- ޑޮކްޓަރީ ބޭސް (ޑަކްޓަރުގެ ޕްރިސްކްރިޕްޝަން ސިޓީ އޮންނަންވާނެ)

- މަސް ދަޅު ކޭސް

- ނޫޑްލްސް ކޭސް

- ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގ ގައި ހުންނަ ފުޅި)

- މަސް ޕެކެޓު، ފަތް ޕެކެޓު/ ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭ ތަކެތި؛

- ފައިސާ

- ރޯމަސް

- ކޭކު

- ހެދިކާ

- މޭވާ

- ތަރުކާރީ

މީގެ އިތުރުން ފޮނުވާ ފަރާތް އަދި ލިބެންވީ ފަރާތުގެ މަޢުލޫމާތު މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެ ކަމަށާއި، ފޮނުވާ ތަކެއްޗަށް އެއްވެސް އުޖޫރައެއް ނެގުމަށް ހަމަޖެހިފައެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ލަންކާއަށް ތަކެތި ފޮނުވުމަށްޓަކައި ޢަމަލުކުރައްވަންވީ ގޮތަކީ ކާގޯގެ ގޮތުގައި ފޮނުވުމަށް ބޭނުންވާ ތަކެތީގެ މައުލޫމާތު ހިމެނޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް /https://www.foreign.gov.mv/index.php/enނެގުމަށްފަހު ފޯމު ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފުރިހަމަކުރުމަށްފަހު އޮންލައިންކޮށް ހުށަހަޅަންޖެހޭނެއެވެ. އަދި ކޮންމެ ފްލައިޓްއަކަށްވެސް ކާގޯގެގޮތުގައި ގެންދެވެނީ ވަކި އަދަދެއްކަމުގައި ވާތީ، ފޯރމް ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިނިސްޓްރީއަށް ހުށަހެޅޭ ފޯމް، އެޕްރޫވް ކުރުމަށްފަހު ފޯރމް ހުށަހަޅާފަރާތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ ކަމަށާއި، ތަކެތި ގެންނަންވާނީ ފޮށިގަނޑެއްގައި، އެޕްރޫވް ކޮށްފައިވާ ފޯރމާއެކުއެވެ. އަދި ބަންދު ކުރުމަށް ބޭނުންވާ ސާމާނު ގެންނަވަން ވާނެ ކަމަށާއި، ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ބަސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީސް އިން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 0900 އިން މެންދުރު 1:00 އަށެވެ.

މި ތަކެތި ފޮށިގަނޑުގައި ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީއިން ބެލުމަށް ފަހު ކަމަށާއި، މި ފޯމުގައިވާ މަޢުލޫމާތުތަކަށް ބިނާކޮށް، ފޮނުވޭތަކެތި ލޭބަލް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖެއިން ފޮނުވާތަކެތި ސްރީލަންކާގެ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހަވާލުވާނެ ކަމަށާއި، މިތަކެތި ލިބެންވީ ފަރާތްތަކަށް ރައްދު ކުރާނީ ހައިކޮމިޝަން މެދުވެރިވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު