Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 / ރާއްޖޭގެ އިގްތިޞާދު

ކޮވިޑް-19: އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފި

31 މާރިޗު 2020 | އަންގާރަ 08:42

ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ޑޮލަރު ހުންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މާރިޗު 2020 | އަންގާރަ 08:42
ރާއްޖޭގެ ސެންޓަރަލް ބޭންކް، އެމްއެމްއޭ

ރާއްޖޭގެ ސެންޓަރަލް ބޭންކް، އެމްއެމްއޭ

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު ކުރިއަށްވުރެ އިތުރުކޮށްފިއެވެ.

ބޭންކުތަކަށް ބޭރު ފައިސާ ދޫކުރުން އިތުރުކޮށްފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށާއި، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ނިކަމެތި ޙާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިއަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ނިންމާފައިވާ ފިޔަވަޅު ތަކާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ޙާލަތުން އަރައިގަތުމަށްޓަކައި އެމްއެމްއޭ އާއި ބޭންކުތަކާއި އަދި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭ އިން ވެސް ބުނީ ސަރުކާރާއި، ބޭންކުތަކާއި، މާލީ އިދާރާތަކާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ ޢަދަދު އިތުރުކުުރުމާއި، އެމްއެމްއޭގައި ޤާއިމުވެފައިހުރި އެެކިއެކި ވަޞީލަތްތައް މެދުވެރިކޮށްް ބޭންކުތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދެމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެއިތުރުން އެމްއެމްއޭއިން ބުނީ، ބޭންކުތަކުން ލިކުއިޓީ ބޭނުންވެއްޖެ ޙާލަތެއްގައި، އެ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަމެންޓް %5 އާ ހަމައަށް ދަށް ކުރާނެ ކަމަށާއި، އަދި މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ޙާލަތެއްގައި އެ އޮތޯރިޓީން ކުރު މުއްދަތުގެ ލޯނު ފެސިލިޓީއެއް ހަމަޖައްސާ ދެވޭނެކަމަށެވެ.

އެމްއެމްއޭއިން ބުނީ، އޮތޯރިޓީ އާއި ރިޒަރވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމާއި، އެމްއެމްއޭ އާއި ސަރުކާރާ ގުޅިގެން އައިއެމްއެފްގެ މާލީ އެހީތެރިކަން ހޯދުންވެސް އިޤުތިޞާދީ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ.

ޑޮލަރު ލިބުން ތާށިވެފައިވާ ކަމަށްބުނެ، ބައެއް ވިޔަފާރިވެރިން ތަކެތި އަގު ބޮޑުކޮށް ވިއްކަމުންދާކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ރައީސް ޞާލިޙު ވިދާޅުވެފައިވަނީ، ތަކެތި އަގު ބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ބޭންކުތަކަށް ކުރިން ދޫކުރި ވަރަށް ޑޮލަރު ދޫކުރި ނަމަވެސް ޑޮލަރަށް ތާށިކަމެއް ނާންނާނެކަމަށެވެ.

އެމްއެމްއޭއިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދީ ޙަރަކާތްތަކަށް މިއައި ކުއްލި ބަދަލާއި ގުޅިގެން ޢާންމުކޮށް ޑޮލަރަށް އޮންނަ ޑިމާންޑަށްވުރެ މިހާރު ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެމްއެމްއޭއާއި، ސަރުކާރާއި، ބޭންކުތަކާއި، މާލީ އިދާރާތައް ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ޑޮލަރު ހުންނާނެކަން އެމްއެމްއޭއިންވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒަރވްގައި ޢާއްމު ގޮތެއްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް