Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮޒިޓިވްވި ދިވެހި މީހާ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ވެލިދޫއަށް ބަދަލުކޮށްފި

28 މާރިޗު 2020 | ހޮނިހިރު 06:17

އެމީހާ ވެލިދޫއަށް ގެނެސްފައިވަނީ ރޭ 12:30 ހާއިރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މާރިޗު 2020 | ހޮނިހިރު 06:17
ވެލިދޫ ރިސޯޓު

ވެލިދޫ ރިސޯޓު

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ވެލިދޫއަށް ބަދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް އައްސަދު ރިޒާ ވިދާޅުވީ އެމީހާ މިހާރު ހޮލިޑޭ އައިލެންޑްގެ ކަރަންޓީން ފެސިލިޓީގައި ނެތް ކަމަށާއި އެމީހާ ވެލިދޫ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އެ ރިސޯޓުގައި ކަރަންޓީންގައި ޖުމްލަ ތިބީ 149 މީހުން ކަމަށެވެ.

Advertisement - newsAdvertisement

ދިވެހި މީހާއާ ބެހޭ މައުލޫމާތު އިތުރަށް އޮޅުން ފިލުވަން ވެލިދޫ އައިލެންޑް ރިސޯޓުގެ ފޯކަލް ޕޮއިންޓް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހީމް ފަރްހާދު ވިދާޅުވީ އެމީހާ ވެލިދޫއަށް ގެނެސްފައިވަނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި އުމުރުން 38 އަހަރުގެ އެ ދިވެހި މީހާގެ ހާލު ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިވަގުތު އެ ފެސިލިޓީގައި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރައްވަމުން ފަރުހާދު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް 3 މީހުން މި ވަގުތު އެ ރިސޯޓުގައި އެބަތިބި ކަމަށެވެ. އެއީ ދިވެހި މީހާ އާއި ދެ ބިދޭސީން ކަމަށެވެ. އަދި އަލާމަތްތައް ހުރި ކަމަށް ޝައްކުކުރެވޭ ދެ މީހުންނާއި ފުރަތަމަ ޓެސްޓުން ނެގެޓިވްވި ދެ މީހުންގެ އިތުރުން ދެ ޓެސްޓުން ނެގެޓިވްވި 13 މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން ޖުމްލަ 20 މީހުން މި ވަގުތު ވެލިދޫ ކަރަންޓީން ފެސިލިޓީގައި އެބިތިއްބެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެ މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެކަމަކު ވެސް އޭނާ ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާއާ ކޮންޓެކްޓްޓްރޭސްވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ރާއްޖޭގައި މި ބައްޔަަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަރާފައެވެ. އެއީ އިޓަލީގެ އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ފަސޭހަވެފައެެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިޔުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖެއަށް އަންނަ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް އަންގަމުންނެވެ. ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ދޫކުރާ އޮންއެރައިވަލް ވިސާ ދިނުން ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލްތައް ވަނީ އިތުރު ހަފްތާއަކަށް ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް