Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ސްޕެނިޝް ކްލަބުތަކަށް އެހީވާން ފަންޑެއް ހުޅުވައިފި

27 މާރިޗު 2020 | ހުކުރު 23:39

ކޮވިޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވަނީ ޔޫރަޕަށް

އަތޫފް އާތިފް
އަތޫފް އާތިފް | 27 މާރިޗު 2020 | ހުކުރު 23:39
ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން

ޔޫރަޕުގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ގޮންޖެހުންތަކުން ކްލަބުތައް ސަލާމާތް ކުރުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން 500 މިލިއަން ޔޫރޯގެ ފަންޑެއް ހުޅުވައިފި އެވެ.

ކޮވިޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވަނީ ޔޫރަޕަށެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ ފަސް ލީގު މިހާރު އޮތީ މެދުކަނޑާލާފައެވެ. އަދި ޔޫރަޕުގެ ބޮޑެތި މުބާރާތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި ފަންޑުން އެހީތެރިކަން ލިބިގެންދާނީ ޓީވީ ރައިޓްސް ވިއްކައިގެން ލިބެންޖެހޭ އާމްދަނީ އަނބުރާ ލިބެން ނެތް ޓީމުތަކަށާއި، ސްޕޮންސަރުންގެ ފަރާތުން ލިބެންޖެހޭ ފައިސާގެ ދަތިތަކާއި ކުރިމަތިލާންޖެހޭ ޓީމުތަކަށް ކަމަށެވެ. މީގެ އިތުރުން ސްޕެއިންގެ ފެޑަރޭޝަނުން ވަނީ ޕްރޮފެޝަނަލް ނޫން ގޮތެއްގައިވެސް ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރާ ޓީމުތަކަށް އެހީވުމުގެ ގޮތުން 4 މިލިއަން ޔޫރޯގެ ލޯން ފެސިލިޓީ އެއް ގާއިމްކޮށްފައެވެ. އަދި މި ހުރިހާ ފައިސާއެއް އަނބުރާ ފެޑަރޭޝަނަށް ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ފެޑަރޭޝަނުން ބުނެއެވެ.

ޔޫރަޕުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުވެސް ވަނީ މެދު ކަނޑާލާފައެވެ.

ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނީ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
02 މާރިޗު 2017

ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި

02 މާރިޗު 2017
ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް