Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެސިޓީ ކައުންސިލް

މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެ ހުއްދަ އަދި ބޯޑު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

ރޭގަނޑު މަގުބަންދު ކޮށްގެން ކުރާ މަސައްކަތް މި ފެށޭ ހަފްތާ ގައި ކުރުމަށް ހަމަޖެހިފައިވަނީ ދުވާލު ގަޑީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2020 | ހުކުރު 06:20
މަގު ހެދުމުގެ މަސައްކަތްކުރަނީ

މަގު ހެދުމުގެ މަސައްކަތްކުރަނީ

29 މާރޗުން ފެށިގެން 04 އޭޕްރިލް ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއިގުޅިގެން، އާންމު ޚިދުމަތްތަކާ ބެހޭބައިން ކުރިން ދޫކުރަމުން ގެންދިޔަ މަސައްކަތްކުރުމުގެ ހުއްދަ ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މާލެސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭގަނޑު މަގުބަންދު ކޮށްގެން ކުރާ މަސައްކަތް މި ފެށޭ ހަފްތާ ގައި ކުރުމަށް ހަމަޖެހިފައިވަނީ ދުވާލު ގަޑީގައިކަމަށެވެ. މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެހުއްދަ އާއި ބޯޑު ދޫކުރުން އަދި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަކީ:

29، 30 މާރިޗް މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން 28 މާރިޗު 2020 ވާ ހޮނިހިރު ދުވަހުގެ 08:00 ން 12:00 އަށް.

31 މާރިޗް އަދި 01 އޭޕްރިލް މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން 30 މާރިޗް ވާހޯމަ ދުވަހުގެ 08:00 ން 12:00 އަށް.

02، 04 އޭޕްރިލް 2020 މި 2 ދުވަހުގެ ހުއްދަތައް ދޫކުރުން 01 އޭޕްރިލް ވާ ބުދަ ދުވަހުގެ 08:00 ން 12:00 އަށް

މީގެ އިތުރުން ހުއްދަތަކަށް ބޯޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ބޯޑު ބަލައިގަތުން ރޭގަނޑު 20:00 ން 22:00 އަށް އޮންނާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު