Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާރާތްކުރާ ސާމާނު

ޢިމާރާތް ކުރާ ސާމާނު އެތެރެ ކުރާއިރު ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި

ލިޔުން ހުށަހަޅަން ނުޖެހޭނީ 24 މާރޗް އިން ފެށިގެން 24 މެއި އާއި ހަމައަށް ރާއްޖެއަށް އެތެރެކުރާ ސާމާނުގެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2020 | ބުރާސްފަތި 07:42
މާލޭގެ ވިޔަފާރި ބަނދަރު

މާލޭގެ ވިޔަފާރި ބަނދަރު

ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރާއިރު ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ދުނިޔޭ ގިނަ ޤައުމު ތަކެއްގައި ކުއްލި ޙާލަތު އިޢުލާންކޮށް އަދި ދަތުރުފަތުރާއި އެހެނިހެން ގިނަ ދަތިތަކެއް ކުރިމަތި ވުމުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިޙާލަތާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް، "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާއިދުގެ ދަށުން މިހާރު ޕްލޭނިންގ މިނިސްޓްރީން ދޫކުރަމުންދާ މެޓީރިއަލް އެޕްރޫވަލް ހުއްދަ ދޫކުރުމުގައި، މިޙާލަތުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 24 މާރޗުން ފެށިގެން 24 މެއި އާއި ހަމައަށް ރާއްޖެއަށް އެތެރެކުރާ، "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" ގައި ބަޔާންކުރާ ތަކެއްޗަށް ހުއްދައަށް އެދޭއިރު އެތެރެކުރާ އެތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް 24 މެއިގެ ކުރިން މިދެންނެވުނު ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވެއެވެ. އަދި ފަންނީ ލިޔެކިޔުންތައް ފިޔަވައި އެހެނިހެން ލިޔެކިޔުންތައް ހުއްދައަށް އެދި ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށާއި، މިގޮތަށް ފޯމު ހުށަހެޅުއްވުމުން އެލިޔެކިޔުންތަކަށް ބަލައި ތަކެތި އެތެރެކުރަން ވަގުތީ ހުއްދައެއް ދޫކުރެވޭނެ ކަމަށެވެ.

އަދި މި މުއްދަތުގައި މިމިނިސްޓްރީއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް އޮންލައިން ކޮށް ހުށަހެޅުމަށާއި އިތުރު މަޢުލޫމާތު ހޯއްދުމަށް މިނިސްޓްރީގެ އީމެއިލްއަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި

09 އެޕްރީލު 2017
ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި
30 މާރިޗު 2017

އިންފުލުއެންޒާ ވެކްސިން އެތެރެކުރުމުގެ ފުރުސަތު ހުޅުވާލައިފި

30 މާރިޗު 2017
އިންފުލުއެންޒާ ވެކްސިން އެތެރެކުރުމުގެ ފުރުސަތު ހުޅުވާލައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު