Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

އައިސްލޭންޑުން އެ ގައުމުގެ އެތައްހާސް ރައްޔިތުން ކޮވިޑް-19 ށް ޓެސްޓް ކުރުމުން ލިބުނު ފިލާވަޅު

އާބާދީގެ ނިސްބަތުން އައިސްލޭންޑް ވެފައިވަނީ ދުނިޔޭގައި ކޮވިޑް-19 ށް އެންމެ ގިނައިން ޓެސްޓް ކުރި ގައުމަށް

ރާއްޖެ އެމްވީ | 25 މާރިޗު 2020 | ބުދަ 10:58
އައިސްލޭންޑްގެ ވެރިރަށް ރެކަވިކްގެ މަންޒަރެއް

އައިސްލޭންޑްގެ ވެރިރަށް ރެކަވިކްގެ މަންޒަރެއް

އައިސްލޭންޑަކީ އާބާދީގައި 364,000 މީހުން ހިމެނޭ ރާއްޖެއާ އާބާދީގެ ގޮތުން ދާދި އެއްވަރުގެ ގައުމެކެވެ. ދުނިޔޭގެ ނިސްބަތުން ކުޑަ ގައުމެއްގެ ގޮތުގައި ބެލޭ ގައުމެކެވެ.

ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް އައިސްލޭންޑްގެ ސަރުކާރުން ކުރަން ނިންމި އެންމެ މުހިންމު ކަމަކީ އެ ގައުމުގެ ވީހާވެސް ގިނަ ބަޔަކު ބައްޔަށް ޓެސްޓް ކުރުމެވެ. އައިސްލެންޑުގައި ކާފިއު އެއް ލޮކްޑައުންއެއް ތަންފީޒެއް ނުކުރެއެވެ.

އައިސްލޭންޑްގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޑީކޯޑް ޖެނެޓިކްސް އާއި އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާ ގުޅިގެން މި ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އައިސްލެންޑުގެ 10,300 މީހުން ބަލި ހުރިތޯ ޓެސްޓް ކޮށްފައިވެއެވެ. ޓެސްޓްގެ އަދަދު އެހާ ބޮޑު ނޫނަސް، އާބާދީގެ ނިސްބަތުން އައިސްލޭންޑް ވެފައިވަނީ ދުނިޔޭގައި އެންމެ މަތީ މިންވަރަކަށް ކޮވިޑް-19 އަށް ކުރެވުނު ގައުމަށެވެ.

އައިސްލޭންޑުން ބައްޔަށް ޓެސްޓް ކުރުމުގައިވެސް އަމަލު ކުރީ އެހެން ގައުމުތަކުގައި އެކަން ކުރަމުންދާ ގޮތަކަށް ނޫނެވެ. ސާމްޕަލް ނަގަނީ ކޮންމެހެން ބަލީގެ ނިޝާނެއް އަލާމާތެއް ފެނިގެންނެއް ނޫނެވެ. ނޫނީ ބަލިމީހަކާ ގައިގޯޅި ކަމެއް އޮތް މީހުން ބަލައިގެންނެއްވެސް ނޫނެވެ. އައިސްލޭންޑުން ބަލަމުން ދިޔައީ އެ ގައުމުގެ އާބާދީގައި ހިމެނޭ ވީހާވެސް ގިނަ މީހުން ޓެސްޓް ކުރުމަށެވެ.

އައިސްލޭންޑްގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ޓެސްޓިންގ ޕްރޮގްރާމުން ބަލި ހުރި ކަމަށް 218 މީހުން ރެކޯޑް ކުރެވުނު އިރު، އެ ޕްރޮގްރާމުން އެއްކުރެވުނު މައުލޫމާތުން ދުނިޔެއަށް މުޅިން އައު މި ވައިރަސް ދެނެގަތުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވުމުންދާ މަސައްކަތައް ބޮޑު އަލިކަމެއް ލިބިގެން ދިޔައެވެ.

އައިސްލޭންޑުގެ ޓެސްޓިންގ ޕްރޮގްރާމުން އެނގުނު އެންމެ މުހިންމު އެކައްޗަކީ ބަލި ހުރި ކަމަށް ޕޮސިޓިވް ވީ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބަލީގެ އެއްވެސް ނިޝާނެއް އަލާމާތެއް ނުވެސް ނެތް މީހުން ކަމެވެ. މި މައުލޫމާތުން، މީގެ ކުރިން މި ރޮނގުން ކުރެވިފައިވާ ބައެއް ސައިންޓިފިކް ދިރާސާތަކަށް އިތުރު ބާރެއް ލިބިގެން ދާކަން ފާހަގަ ކުރެވެއެވެ.

ޔުނިވަރސިޓީ އޮފް ޓެކްސަސްގެ ދިރާސަތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަށް ބަލި ޖެހިފައި ހުންނަނީ ހަށިގަނޑުގައި ވައިރަސް ހުރެމެ، ބަލީގެ އެއްވެސް ނިޝާނެއް ފެންނަން ނެތް މީހެއްގެ ފުށުންނެވެ.

އައިސްލެނޑުގެ ޑިކޯޑް ޖެނެޓިކްސްގެ ދިރާސާ އިން ސާފުވާ ގޮތުގައި، ބައްޔަށް ޕޮސިޓިވް ވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބަލީގެ އަލާމާތެއް ހުންނަ ބައެއް ނޫނެވެ. އައިސްލޭންޑްގެ ޗީފް އެޕިޑެމޮލޮޖިސްޓް ބަޒްފީޑް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ބައްޔަށް ޕޮސިޓިވްވާ ބާކީ ތިބޭ މީހުންގެ ކިބައިން އާއްމު ގޮތެއްގައި ފެނިފައިވަނީ އާދައިގެ ރޯގާއެއް ޖެހުމުން ފެންނަ ފަދަ ނިޝާންތައް ކަމުގައެވެ.

އައިސްލެންޑުން އެއްކުރި ގިނަ ސާމްޕަލްތަކުގެ ބޭނުން ހިފާ، ވައިރަސްގެ ޖެނެޓިކް ސީކުއެންސިންގ ހަދާ، ވައިރަސް މިއުޓޭޓްވަމުންދާ ގޮތާބެހޭ ގޮތުން މުހިންމު ހޯދުންތަކެއް ވަނީ ހޯދާފައެވެ. އައިސްލޭންޑުން ނެގި ސާމްޕަލް ތަކުގެ އަލީގައި ސައިންޓިސްޓުން ބުނެފައިވަނީ އެ ގައުމުން މަދުވެގެން ކޮރޯނާވައިރަސްގެ 40 މިއުޓޭޝަން ފެނިފައިވާ ކަމަށެވެ. މި ދިރާސާ އިން ހާމަވާ ގޮތުގައި، މިއުޓޭޝަންގެ ސަބަބުން ވައިރަސްގެ ބަލި ޖެއްސުމުގެ ބާރު އިތުރަށް ގަދަވެގެން ހިނގައިދާނެ ކަމަށް ވެއެވެ. ނަމަވެސް ވައިރަސް ގެ ނުރައްކާ ބޮޑުވެގެންދާނެ ކަމަކަށް ނުބެލެއެވެ.

އައިސްލެންޑުން ކޮރޯނާ ވައިރަސް އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 7 މީހުންނަކީ އިނގިރޭސިވިލާތުގައި އޮތް ފުޓްބޯޅަ މެޗަކަށް ދިޔަ ބައެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އެ މެޗް އޮތްތަނެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު