Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

ކޮވިޑް-19އާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާ މަޝްވަރާކުރައްވައިފި

24 މާރިޗު 2020 | އަންގާރަ 12:50

ލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފްކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2020 | އަންގާރަ 12:50
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ސްރީލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާއި ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މަޝްވަރާކުރައްވަފިއެވެ.

ލަންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނަ އާއި ފޯނުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާއަކީ ދިވެހިންގެ "ދެވަނަ ވަޒަން" ކަމުގައި ދެކޭ ޤައުމެއްކަން ފާހަގަކުރައްވައި، އެޤައުމުގައި ތިބި ދިވެހިންނަށް ލަންކާއިން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ލަންކާ ރައްޔިތުންގެ ޙާލު ދިވެހި ސަރުކާރުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.

Advertisement - newsAdvertisement

މުޅި ދުނިޔޭގައިވެސް އަދި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކުރައްވައި، މިބައްޔާ ދެކޮޅަށް ލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފްކުރެއްވިއެވެ.

އަދި ޙާލަތު ތަންދިން މިންވަރަކުން މިދަނޑިވަޅުގައިވެސް ދެޤައުމުގެ މެދުގައި ސޮއިކުރެވިފައިވާ ވިސާގެ އެއްބަސްވުންތައް ދަމަހައްޓަމުން ގެންދިޔުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަވަޑައިގެންނެވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ލަންކާގެ މިނިސްޓަރާއި ހިއްސާކުރައްވަމުން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ބޭނުންވެއްޖެ ޙާލަތެއްގައި ލަންކާއިން ސިއްހީ ދާއިރާގެ މާހިރުން ރާއްޖެއަށް ފޯރުކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ.

އަދި މިފަދަ އެހީތެރިކަމަކަށް ރާއްޖެއިން އެދިއްޖެ ޙާލަތެއްގައި އެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ނޯވޭގެ ފޮރިން މިނިސްޓަރީ އިން އެރިކްސަން ސޯރެއިޑާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި ވެސް މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވާފައެވެ. އަދި ނޯވޭގެ ފޮރިން މިނިސްޓަރު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް އެގައުމުން އަޅަމުންދާ ފިޔަވަޅުތަކާ އެގައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ނޯވޭއަށް ފޯރުކޮށްދެވުނު އެހީތެރިކަމެއް މިދަނޑިވަޅުގައި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެކަމަނާ ވަނީ މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް