Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: މޮބައިލް ނަންބަރު ދީފައިވާ ކަސްޓަމަރުންނަށް ސްޓެލްކޯގެ ބިލު ދެން ލިބޭނީ އެސްއެމްއެސްއަކުން!

24 މާރިޗު 2020 | އަންގާރަ 02:53

މޮބައިލް ނަންބަރު ނުދޭ ކަސްޓަމަރުންނަށް ފޮނުވާނީ ޕްރިންޓުކޮށްފައިވާ ބިލު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2020 | އަންގާރަ 02:53
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ކޮވިޑް-19 އާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލު ދެން ލިބޭނީ އެސްއެމްއެސްއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މޮބައިލް ނަންބަރު ދީފައިވާ ހުރިހާ ކަސްޓަަމަރުންނަށް ވެސް ބިލް ފޮނުވާނީ އެސްއެމްއެސް އާއި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އެހެންނަމަވެސް ގުޅޭނެ މޮބައިލް ނަންބަރު ނުދޭ ކަސްޓަމަރުންނަށް ފޮނުވާނީ ޕްރިންޓުކޮށްފައިވާ ބިލު ކަމަށެވެ.

Advertisement - newsAdvertisement

މިގޮތަށް އެ ކުންފުނިން ނިންމާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ސްޓެލްކޯ ގެ އޮންލައިންގެ ޚިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ ދާދި ފަހުން އިލްތިމާސްކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ރާއްޖެއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން އެ ކުންފުނީގެ އޮންލައިން ޙިދުމަތްތައް ބޭނުން ކުރުމާއި ​ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، މި ބަލި ރާއްޖެއަށް ވެސް މިހާރު އައިސްފައި ވުމާއެކު، މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ގޮތުން އަދި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ހޯދުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ބަދަލުގައި، ކުންފުންޏަށް ކަސްޓަމަރުން އެންމެ ގިނައިން ޒިޔާރަތްކުރާ ކަންކަންކަމުގައިވާ ބިލް ދެއްކެވުންފަދަ ޚިދުމަތްތައް ހޯދުމަށް ކުންފުނީގެ ވެބްސައިޓާއި، އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

​މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަަކަށް ދިވެހިން އަހުލުވެރިވުމަކީ ބަވަނަވެފައިމިވާ ދުނިޔޭގައި ކަސްޓަމަރަށާއި، ހިދުމަތްދޭ ތަނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން ސްޓެލްކޯގެ ޚިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ ޒަރިއްޔާތައް ކަމަށްވާ ވެބް ސައިޓާއި، އެޕްލިކޭޝަން ބޭނުން ކުރަމުންގެންދިއުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެޕްލިކޭޝަން ތައްޔާރުކުރެވިފައިވަނީ ބިލްތަކުގެ ތަފްސީލު ބަލާލުމާއެކު، ފަސޭހައިން ބިލް ދައްކާލެވޭ ގޮތަށް ކަމަށެވެ. އަދި ކުންފުނީގެ ޚިދުމަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، ކުންފުނީގެ ނަންބަރު 3314949 އަށް ގުޅުއްވުން އެދޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކޮވިޑް-19 އިން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ސްޓެލްކޯއިން ބުނީ މި ހާލަތުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް ސަރުކާރުން ދެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް، ސާފުތާހިރުކަމަށް ލޯބިކުރުމާއެކު، އެކަކު އަނެކަކަށް އަޅާލާ، އެއްބައިވަންތަކަމާއެކު މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުންގެންދާ ބައެއްކަށްވުމަށް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2018

ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!

23 ސެޕްޓެމްބަރު 2018
ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
03 ޖޫން 2018

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ

03 ޖޫން 2018
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ
02 މެއި 2018

ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ދީފައިވާ ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ލީކްވެއްޖެ

02 މެއި 2018
ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ދީފައިވާ ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ލީކްވެއްޖެ
23 އެޕްރީލު 2018

ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފި

23 އެޕްރީލު 2018
ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފި
18 އެޕްރީލު 2018

ވިލާ އަށް ދީފައިވާ ރަށްތައް ސަރުކާރުން ނެގީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

18 އެޕްރީލު 2018
ވިލާ އަށް ދީފައިވާ ރަށްތައް ސަރުކާރުން ނެގީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު
01 މާރިޗު 2018

ތެޔޮ ބޯޓްގައި ބޭނުންކޮށްފައިވަނީ ރާއްޖެއަށްދީފައިވާ ކޯޑް، ނަމަވެސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ރައީސް އޮފީސް

01 މާރިޗު 2018
ތެޔޮ ބޯޓްގައި ބޭނުންކޮށްފައިވަނީ ރާއްޖެއަށްދީފައިވާ ކޯޑް، ނަމަވެސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ރައީސް އޮފީސް
15 ފެބުރުއަރީ 2018

އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ޑޮކްޓަރު ދީފައިވާ ލިޔުމެއް އާންމު ކޮށްފި

15 ފެބުރުއަރީ 2018
އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ޑޮކްޓަރު ދީފައިވާ ލިޔުމެއް އާންމު ކޮށްފި
19 ޑިސެމްބަރު 2017

އަދީބުގެ އައިނުގެ ނަންބަރު ވަނީ ބަދަލުވެފައި، އަދިވެސް ބޭނުންކުރަނީ ކުރީގައި ބޭނުން ކުރި އައިނު: އާއިލާ

19 ޑިސެމްބަރު 2017
އަދީބުގެ އައިނުގެ ނަންބަރު ވަނީ ބަދަލުވެފައި، އަދިވެސް ބޭނުންކުރަނީ ކުރީގައި ބޭނުން ކުރި އައިނު: އާއިލާ
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް