Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެބްރުއަރީ އެކެއްގެ ހުކުމް

ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ދެކޮޅަށް ދީފައިވާ ކަމަށް ބުނާ ސިއްރު ބަޔާންތަކެއް ލީކްވެއްޖެ

2 މެއި 2018 | ބުދަ 06:34

ފުލުހުންގެ ބައެއް އިސް އޮފިސަރުން ދެއްވާފައިވާ ކަމަށް ބުނާ ބަޔާންތައް ވެސް ހިމެނޭ

| 2 މެއި 2018 | ބުދަ 06:34
ކްރިމިނަލް ކޯޓު: ބަޔާންތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއް ވެސް ހިމެނޭ

ކްރިމިނަލް ކޯޓު: ބަޔާންތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއް ވެސް ހިމެނޭ

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރި އިރު އެކި ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެއެވެ.

"ސިއްރު" ޖަހާފައިވާ ބަޔާންތައް ރޭގެ ވަގުތެއްގައި ޓްވިޓާގައި ދައުރުވަމުން ގޮސްފައިވާ އިރު މި ބަޔާންތަކުގެ ސައްހަކަމާ މެދު މިހާތަނަށް ކަމާ ބެހޭ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ލީކްވެފައިވާ ލިޔުންތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންނާއި ބައެއް އާންމުންގެ ބަޔާންތައް ކަމަށް ބުނާ ލިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ހައްޔަރުކޮށްފައިވާ އެސްއޯގެ ކުރީގެ ބައެއް ފުލުހުންނާ ދެކޮޅަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި ޕޮލިސް ސާޖެންޓް މުހައްމަދު ޝާހީން އާއި ޗީފް އިންސްޕެކްޓާ މުހައްމަދު ނިޔާޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓްގެ ދަށުން ހިންގަމުންދާ ޝިއަރާ ސްކޮޑްގައި މަސައްކަތްކުރާ ޕޮލިސް ސާޖަންޓް މުހައްމަދު އާސިފް ދީފައިވާ ކަމަށް ބުނާ ބަޔާންތަކެއް ހިމެނެއެވެ.

މީގެ އިތުރުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ގާނޫނީ ސަރުކާރު ޣައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އާންމުންގެ މީހަކު ދީފައިވާ ބަޔާނަކާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ.

ލީކްވެފައިވާ ބަޔާންތަކުގައި ފެބްރުއަރީ 1 ވަނަ ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތާއި އެ ހުކުމާ ގުޅިގެން ކަންކަން ވެގެންދިޔަ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހުއްޓެވެ. މީގެ އިތުރުން އިންޓެލް ރިޕޯޓެއް ކަމަށް ބުނާ ލިޔުމެއް ވެސް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައި ވެއެވެ.

ފެބްރުއަރީ އެކެއްގެ ހުކުމާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ޖުޑީޝަލް އެޑިމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ގާސިމް އިބްރާހީމްގެ ދަރިކަނލުން ސިޔާދު ގާސިމާއި އެސްއޯގައި ކުރިން މަސައްކަތްކުރި އަށް ފުލުހަކު ހައްޔަރުކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް