Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކޮވިޑް-19

ކޮރޯނާވައިރަސް ވައިގެ ޒަރީއާ އިން ނުފެތުރޭ: ޑަބްލިޔު.އެޗް.އޯ

ކުރީގެ ދިރާސާތަކުން ހާމަވާ ގޮތުގައި ވައިގެ ތެރޭގައި ކޮވިޑް-19 މަރުނުވެ ދެތިން ގަޑީއިރު ހުރޭ

ރާއްޖެ އެމްވީ | 23 މާރިޗު 2020 | ހޯމަ 15:56
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޓީމަކުން ޗައިނާގެ ބޮޒްހޫ ސަރަހައްދުގައި ބޭސް ޖަހަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޓީމަކުން ޗައިނާގެ ބޮޒްހޫ ސަރަހައްދުގައި ބޭސް ޖަހަނީ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ވައިގެ ތެރެއިން ނުފެތުރޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނެފިއެވެ.

ޑަބްލިޔު.އެޗް.އޯ އިން މިހެން ބުނުމާއެކު ވައިގެ ޒަރީއާ އިން ބަލި ފެތުރޭ ކަމަށް ކުރިން ގަބޫލު ކުރެވިފައި އޮތް އޮތުމާ މެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އޭޝިއާ ޔުނިޓުން ހޯމަ ދުވަހު ހާމަ ކުރިކަމަށް އިންޑިއާ ޓީވީންބުނީ، ޗައިނާގެ އޮފިޝަލުން ވައިގެ ޒަރީއާއިން ކޮރޯނާވައިރަސް ފެތުރޭ ކަމަށް ކުރިން ބުނެފައިވާ ބުނުމަކީ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ފަދަ ބަންދުވެފައިވާ މާހައުލެއްގައި، ދިގު މުއްދަތަކަށް ވައިރަސް އަށް ހުށަހެޅިފައިވާ ހާލަތެއްގައި ދިމާވި ކަމެއް ކަމެއް ކަމަށް ބެލޭތީ، އިތުރު މައުލޫމާތު ލިބިގެން ނޫނީ ވައިގެ ޒަރީއާއިން ބަލި ފެތުރޭކަން ދެނެގަންނަން އަދި ނޭނގޭ ކަމަށެވެ.

ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ވައިގެ ތެރޭގައި ކޮރޯނޯވައިރަސް މަރުނުވެ، އެތައް ގަޑީއިރެއް ވަންދެން ހުރެއެވެ.

ސައިންޓިފިކް ދިރާސާތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މަދުވެގެން ތިން ގަޑީއިރުވަންދެން ވައިގެ ތެރޭގައި އެއޮރޮސޯލްގެ ގޮތުގައި ކޮރޯނާވައިރަސް މަރުނުވެ ހުރެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކާ އޮންނަ ކަމަށްވެސް ދިރާސާތަކުގައި ފާހަގަކޮށްފައި ވެއެވެ.

ސައިންޓިފިކް ދުނިޔޭގައި ނަން ހިނގާ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ ވައިގެ ތެރޭގައި ޑްރޮޕްލެޓްގެ ގޮތުގައި ކޮރޯނާވައިރަސް ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު މަރު ނުވެ ހުންނަ ކަމަށެވެ.

ވައިގެ ޒަރީއާ އިން ކޮރޯނާވައިރަސް ނުފެތުރޭ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވާ އިރު މި ބަލި ކޮންޓްރޯލް ނުވެ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުއި ކަމާއެކު ދަނީ ފެތުރެމުންނެވެ. ހޯމަ ދުވަހުގެ ނިޔަލަށް މި ބަލީގައި 15,400 މީހުން ދުނިޔެ ދޫކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2024

ކޮލެރާ ވެކްސިން ދުނިޔޭގެ ސްޓޮކް ހުސްވެއްޖެ: ޑަބްލިޔުއެޗްއޯ

19 އޮކްޓޯބަރު 2024
ކޮލެރާ ވެކްސިން ދުނިޔޭގެ ސްޓޮކް ހުސްވެއްޖެ: ޑަބްލިޔުއެޗްއޯ
05 އޮކްޓޯބަރު 2024

އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި

05 އޮކްޓޯބަރު 2024
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި
14 އޯގަސްޓު 2024

މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި

14 އޯގަސްޓު 2024
މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި
20 ޖޫން 2024

ފޭކް އޮޒެމްޕިކް އަށް ޑަބްލިޔުއެޗްއޯ އިން އިންޒާރުގެ އެލަޓް ނެރެފި

20 ޖޫން 2024
ފޭކް އޮޒެމްޕިކް އަށް ޑަބްލިޔުއެޗްއޯ އިން އިންޒާރުގެ އެލަޓް ނެރެފި
16 އެޕްރީލު 2020

ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

16 އެޕްރީލު 2020
ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު