Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

މާލޭގެ ދެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

23 މާރިޗު 2020 | ހޯމަ 10:30

ފެލައިނީއާ ކޮންޓެކްޓްވި އިތުރު ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 މާރިޗު 2020 | ހޯމަ 10:30
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ، ބައިނަލްއަގްވާމީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ އާ ބައްދަލުވެ، ކޮންޓެކްޓްވި މީހުންތިބިކަމަށް ބެލެވޭ މާލޭގެ ދެ ގެޔެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ފެލައިނީއާ ކޮންޓެކްވިކަމަށް ބެލެވޭ މީހުން ތިބި މާލޭގެ ދެ ގެއެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާއިރު، އޭނާއާ ކޮންޓެކްވި އިތުރު ބަޔަކު ވޭތޯވެސް ބަލަމުންދާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، ފެލައިނީއާ ކޮންޓެކްޓުވި މީހުން މާލެ ސަރަހައްދުގައި ތިބެދާނެ ކަމަށާއި، އެއްވެސް ތަނަކުން އޭނާ އާއި ބައްދަލުވި މީހަކު ހުރިނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 1676 އަށް ގުޅާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ ފެލައިނީއާއި ކޮންޓެކްޓްވި މީހުން ޓްރޭސްކުރަމުންދާއިރު، އޭނާއާއި ކޮންޓެކްޓްވި މީހުން އެވާހަކަ ހާމަނުކޮށް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ފެލައިނީ އަކީ އެއަރޕޯޓަށް ދަތުރު ކުރި މީހަކަށްވާތީ މާލެ ސަރަހައްދުން ވެސް ބައްދަލުވި މީހުން ތިބެދާނެ ކަމަށާއި، އެހެންކަމުން އަމިއްލަ ރައްކާތެރި ކަމަށް އިސްކަންދީ މައުލޫމާތު ފޯރުކޮށް ދިނުމަށް އެދޭކަމަށެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މިހިނގާ މާރޗް މަހުގެ 8 ގައި ކަމަށާއި، އެނބުރި ގޮސްފައިވަނީ 12 ގައި ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެނގިފައިވަނީ މިހިނގާ މާރޗް މަހުގެ 20 ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 14 ދުވަހަށް ބަލައިފިނަމަ އެނާ އަށް ކޮވިޑް-19 ޖެހުނު ކަމަށް ބެލެވޭ ތާރީޚަކީ މި މަހުގެ 6 ވަނަ ދުވަސް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ކްލޯޒް ކޮންޓެކްޓެއް ގޮތަށް އައިޑެންޓިފައި ކުރެވުނު ފަރާތެއް އައިސޮލޭޝަނަށް ގެންދެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް ތަފުސީލުތައް ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފެލައިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު އޭނާއަކީ ޗައިނީސް ސުޕަރ ލީގުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް