Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީގެ ނޫސްބަޔާން

ރާއްޖެޓީވީގެ ނޫސްބަޔާން

ރާއްޖެޓީވީގެ ހަތަރު ނޫސްވެރިޔެއްގެ މައްޗަށް ދައުވާތައް އުފުލުނު، ގިނަ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައިވޭ

ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 22:04
ރާއްޖެޓީވީގެ ލޯގޯ

ރާއްޖެޓީވީގެ ލޯގޯ

ރާއްޖެޓީވީން ބުނަމުން ދިޔަ ފަދައިން މި ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވަނީ އަސްލެއް ނެތް ދައުވާތަކެއްކަން ސާބިތުވުން

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށުގެ ދައުވާ އަކީ ވިސާމުގެ މައްޗަށް ސާބިތު ނުވާ ދައުވާއެއް ކަމަށް ކްރިމިނަލް ކޯޓުން 28 މާޗް 2017 ވީ އަންގާރަ ދުވަހު ކަަނޑައަޅުމުން، ޔަގީންވެގެން ދަނީ، މި ސްޓޭޝަނުން މިހާތަނަށް ދައްކަމުން އައި ވާހަކަތަކުގެ ތެދުކަމެވެ.

Advertisement - newsAdvertisement

މިހާތަނަށް ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް، ތަހްގީގުކޮށް، ޝަރީއަތްކޮށް ހުކުމްވެސް ކޮށްފައިވާ އަދި އެކި މަރުހަލާތަކުގައިވާ އެހެން މައްސަލަތަކީ އެއްވެސް އަސްލެއް ނެތް މައްސަލަތަކެކެވެ. އެ މައްސަލަތަކަކީ، މި ސްޓޭޝަނުން ދެކޭ ގޮތުގައި، ރައްޔިތުންނަށް މައުލޫމާތާއި ހަބަރު ގެނެސްދިނުމާއި، ދައުލަތުގެ އެކި ފަށަލަތައް ޖަބުދާރީކުރުވުމަށްޓަކައި، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅައި، ނޫސްވެރިންނަށް ބިރު ދައްކައި، ބިރުވެރިކަން އުފެއްދުމަށްޓަކައި، އުފައްދާފައިވާ މައްސަލަތަކެކެވެ.

ވިސާމުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އެވެ. ދެ އަަހަރަށް ފަހު މި ދައުވާގައި އެއްވެސް އަސްލެއް ނެތްކަން ކޯޓުން ކަނޑައެޅުމުން ދޭހަވަނީ އެއްވެސް ކުށެއް ނެތް މީހަކު ހައްގަކާއި ނުލައި ދިގު މުއްދަތަކަށް ޝަރުއީ މަރުހަލާގައި ގެންގުޅެ ނަފްސާނީ ގޮތުން ބޮޑު އަނިޔާއެއް ދިނުމަށް ޖެހިލުންނުވާ ފަރާތްތައް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ކަމެވެ.

ވިސާމްގެ މައްސަލައިގައި ފުލުހުންނާއި އަދި ޕްރޮސިކިއުޓަ ޖެނެރަލް ލަދުވެތިވާންޖެހޭ ކަންކްނަ އެބަ ހުއްޓެވެ. މިދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށަހަޅާފައި ނުވާކަން ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. ވީޑިއޯ އިން ވިސާމް ހައްޔަރުކުރާ މަންޒަރެއް ނުފެނެ އެވެ. އެހެން ކަމުން ހައްޔަރު ކުރި ސަބަބެއް ވީޑިއޯއިން ހާމަކޮށްދެވިފައެއް ނުވާކަންވެސް ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ހުކުމުގައި ފާހަގަ ކޮށްފައިވާ އެހެން ނުކުތާ ތަކަށް ބަލާއިރު ވިސާމް ހައްޔަރުކުރިއިރު ވިސާމަކީ ނޫސްވެރިއެއްކަން ފުލުހުންނަށް އެނގެ އެވެ. އޭނާ ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެންނެވެ. ވިސާމާ ދެކޮޅަށް ހުށަހެޅި ވީޑިއޯގައި ބެރިކޭޑުން ބޭރަށް ނުކުންނަން ޖެހެނީ ނޫސްވެރިން ނޫން މީހުން ކަން އެނގެއެވެ. އަދި ވިސާމު ހައްޔަރު ކުރި އިރު ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކި ބަހުން ސާފު ނުވާކަންވެސް އެނގެއެވެ.

ވިސާމް ހައްޔަރުކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ވީޑީއޯއިން ފެނެ އެވެ. އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށް ކޯޓުން ވެސް ކަނޑައެޅި އެވެ. މިކަމުން އެނގެނީ ފުލުހުން މުޒާހަރާތަކުގައި އަމަލުކުރަނީ، މީހުން ހައްޔަރުކުރަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ.

މިކަންކަން މިހެން ހުއްޓާ ޕްރޮސިކުޓަރ ޖެނެރަލަށް މިއީ ދައުލަތުން ދައުވާ ކުރައްވަންޖެހޭ ވަރުގެ މައްސަލައެއް ކަމަށް ފެނިވަޑައިގެން ކަމީ ސުވާލު އުފެދޭ ކަމެކެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ވިސާމުގެ މައްޗަށް އަންގާރަ ދުވަހު ހުކުމް އިއްވާއިރު، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ހުކުމް ކޮށްފައިވެ އެވެ. ވިސާމާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް އެ ހުކުމް އިއްވާފައި ވެއެވެ.

މި މައްސަލަތައް މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ފުލުފުލުގައި ރާއްޖެޓީވީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ދައުވާކޮށް ހުކުމް އިއްވަމުންދާއިރު، މި ސްޓޭޝަނާއި މި ސްޓޭޝަންގެ ނޫސްވެރިންނަށް ބިރު ދައްކާ މައްސަލަތަކާއި ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަދި ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލަ އާއި މަރުގެ ހަމަލާތައް ދިން މައްސަލަތައް ވަނީ ހުއްޓިފަ އެވެ. ރާއްޖެޓީވީއާ ގުޅޭ ގޮތުން އެކި އެކި މައްސަލަތައް ހުއްޓުމެއްނެތި ބަލަމުންދާއިރު ރާއްޖެޓީވީއަށް ލިބިފައިވާ އަނިޔާތަކާ މެދު ކަންބޮޑުވެގެން އުޅޭ ދައުލަތުގެ މުއައްސަސާއެއް ހުރި ކަމަކަށް ނުވެއެވެ.

+++++++

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

26 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު