Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ކޮވިޑް-19: އޮސްޓްރޭލިއާ އަދި އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް އަންގައިފި

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެ ޤައުމަށް އެތެރެވުން މަނާކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 މާރިޗު 2020 | ބުރާސްފަތި 21:14
ކޮވިޑް-19

ކޮވިޑް-19

އޮސްޓްރޭލިއާ އަދި އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

އޮސްޓްރޭލިއާގައި ދިރިއުޅޭ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ގޮވާލާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އޮސްޓްރޭލިއާގެ ސަރުކާރުން އެ ޤައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެ ޤައުމަށް އެތެރެވުން 20 މާރިޗު 2020 ން މަނާކޮށްފައިވާކަމަށެވެ. އެގޮތުން އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރަށްވެހިންނާއި، އެމީހުންގެ ގާތް ޢާއިލީ މީހުން އޮސްޓްރޭލިއާއަށް އެތެރެވުމަށްފަހު، 14 ދުވަހު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން ޖެހޭނެކަމަށް އެޤައުމުން ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

އިންޑިއާއަށް ދަތުރުކުރާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ގޮވާލާ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން މި ބަލި އިތުރަށް ފެތުރުނަނުދިމަށްޓަކައި، މި މަހުގެ 22 ން 29 އަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤުވާމީ ކޮމަރޝަލް އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އެހެންކަމުން މި ދުވަސްތަކުގައި އޮސްޓްރޭލިއާ އަދި އިންޑިއާއަށް ދަތުރުކުރަން ޤަޞްދުކުރާ ދިވެހިން މިކަންތައްތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކައް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވާއިރު އޮސްޓްރޭލިއާ އަދި އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުތަކުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

06 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު