Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: 502 ސާމްޕަލް ނެގެޓިވް، މިހާތަނަށް 15 ސާމްޕަލްގެ ނަތީޖާ ނުލިބޭ

19 މާރިޗު 2020 | ބުރާސްފަތި 10:21

ޕޮޒިޓިވް ވި 13 ފަރާތުގެ ހާލު ރަނގަޅު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 މާރިޗު 2020 | ބުރާސްފަތި 10:21
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު 502 ކޭސް ނެގެޓިވް ވެފައިވާ ކަމަށާއި 15 ކޭސްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް 517 ސާމްޕަލް ނެގިފައިވާ ކަމަށާއި އެތަނުން 502 ކޭސް ނެގެޓިވް ކަމަށެވެ. 15 ކޭސްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް 13 ކޭސް ޕޮޒިޓިވް ވެފައިވާކަަމަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މަބްރޫކް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި 13 ފަރާތުގެ ހާލު ރަނގަޅުކަމަށާއި އެހެންނަމަވެސް ހާލު އެއްކޮށް ރަނގަޅުކަމަށް ބެލެވޭނީ ވަކި މިންގަނޑުތަކަށް ބެލުމަށްފަހު އެއްވެސް އަލާމާތެއް ނުފެންނަ ކަމުގައިވާނަމައެވެ.

ނުސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން، މަބްރޫކް ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައި މިވަގުތު ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓް އެބައޮތް ކަމަށެވެ. އެގޮތުން ޝެވަލް ބްލޭންކް މޮނިޓަރ ކުރަމުންދަނީ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތެއް ފެނުމުން ކަމަށާޢި ،ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއަށް އެހީ ލިބިފައިވާ ގައުމުތައް ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އިންޑިއާއިން 5 ޓަނުގެ 53 ވައްތަރެއްގެ ބޭސް މާރޗް މަހުގެ 14 ވަނަ ދުވަހު ހަދިޔާކޮށްފައިވާ ކަމަށާއި މި މަހުގެ 13 ވަނަ ދުވަހު މެޑިކަލް ޓީމަކުން ވެސް ރާއްޖެ އައިސްފައިވާ ކަމަށެވެ. ޖަޕާނުން އެހީވެފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ 9000 ސަރޖިކަލް މާސްކް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެމެރިކާއިންވެސް ފްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ފަރާތްތައް ބޭނުންކުރުމަށް ބޫޓާއި އަންގި ހަދިޔާކޮށްފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދަނީ ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެ ވައިރަސް ފެތުރިޔަނުދިނުމަށްޓަކައި ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބަލި ޖެހިފައިނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ޖޫން 2017

އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި

26 ޖޫން 2017
އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި
24 ޖޫން 2017

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

24 ޖޫން 2017
މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
11 ޖޫން 2017

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް