Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ރީރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި

ރީ ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް އެއްވަނަ ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 މާރިޗު 2017 | އަންގާރަ 17:16
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ރީ ރެޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ރަށްވެރިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް އެދޭ ފަރާތްތަކުން ރީ-ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ފުރުސަތު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

ރީ-ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.

މިކަމަށް އެދޭ ފޯމް ރަށު ކައުންސިލް ތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށު އެފީސްތަކުން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ރަޖިސްޓަރ ކުރުމަށް އެދޭ ފަރާތްތަކަށް މޯބައިލް ސްޓޭޝަންތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމްކޮށްފަ އެވެ.

އެގޮތުން ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމް ކުރާ މި ސްޓޭޝަންތައް ހުންނާނީ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޮނިހިރުު ދުވަހުގެ ނިއަލަށް ކަމަށް އެ އިދާރާ ބުނެ އެވެ. މި މޯބައިލް ސްޓޭޝަނުތައް ހުންނާނީ ހުޅުމާލޭ ފެރީ ޓާމިނަލް އާއި ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ. އެގޮތުން ހެނދުނު 10:00 އިން 04:00 ހުޅުވިފައި ހުންނަ އިރު ހުކުރު ދުވަހުގެ މެންދުރު ފަހު 03:00 އިން 05:00 އެ ސަރަހައްދުތަކުން ފޯމު ބަލައިގަތުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އަދި މާލޭގެ އިންތިހާބީ އިދާރާ ކަމުގައިވާ، ބާ ޖަމާލުއްދީން ސްކޫލުގައިވެސް ރީ ރަޖިސްޓަރ ވުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ. ރީ ރަޖސިްޓަރ ކުރުމަށް އަންނަ އިރު އެމީހަކު ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ ކާޑާއި އެ ކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިރު އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު