ކޮވިޑް-19: ވައިރަސް ޖެހުނު މީހުން އަދަދު 2 ލައްކައަށް!
18 މާރިޗު 2020 | ބުދަ 11:5419 ޤައުމަކުން މިއަދު މި ވައިރަސްގައި 262 މީހުނ މަރުވި

ޒިހްނަތު ހަސަން | 18 މާރިޗު 2020 | ބުދަ 11:54

ކޮވިޑް-19 ކަަވަރޭޖް
މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 203,612 (ދެ ލައްކަ ތިންހާސް ހަ ސަތޭކަ ބާރަ) އަށް އަރައިފިއެވެ.
ވައިރަސް ފެތުރެމުންދާ ގޮތުގެ ޑޭޓާ ބަލަހައްޓަމުންދާ ވަރލްޑޮމީޓަރ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 19 ޤައުމަކުން މިއަދު މި ވައިރަސްގައި 262 މީހުނ މަރުވިއެވެ. އަދި ދުނިޔޭގެ 88 ޤައުމަކުން އަލަށް 5,391 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ.
ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރު އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) މިހާރު ދުނިޔޭގެ 169 ޤައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިހާތަނަށް އައިއިރު 8،229 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސްއަށް ފަރުވާދިން 82,866 މީހުން ރަނގަޅުވެފައެވެ.






