Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ޕްރެސް

ހޯމް ކަރަންޓީންގައި ހުރި މީހަކު ނިކުމެއްޖެނަމަ، ފުލުހުންނަށް ރިޕޯޓްކުރޭ: އެންއީއޯސީ

18 މާރިޗު 2020 | ބުދަ 12:06

ކަރަންޓީންކޮށްފައި ހުއްޓާ ނިކުތުމަކީ ކުށެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 މާރިޗު 2020 | ބުދަ 12:06
މަބްރޫކް އަޒީޒު

މަބްރޫކް އަޒީޒު

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ކަމާބޭހޭ ފަރާތްތަކުން އަޅާމުންދާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން އެދިއްޖެ އެވެ.

އެންއީއޯސީން ބުދަ ދުވަހުގެ މެންދުރުފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، އާންމު ސިއްޙަތު ރައްކައުތެރިވުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން، އާންމު ސިއްހީ ނުރައްކަލިގެ ހާލަތު އިއުލާންކޮށް، އަޅާފައިވާ ފިޔަވަޅާކާ ނުވަތަ އަންގާފައިވާ އެންގުންތަކާ ހިލާފުވާނަމަ، އެކަން ފުލުހުންނަށް ނުވަތަ އެންއީއޯސީއަށް ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ އަލާމާތެއް ނުވަތަ ޝައްކުވާ މީހެއް، ގޭގައި (ހޯމް ކަރަންޓީން) މަޑުކުރަން އަންގާފައިވާ ފަރާތެއް ގެއިން ނިކުމެއްޖެނަމަ، އެކަން އެނގޭ ފަރާތެއްހުރިނަމަ، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް މަބްރޫކް އެދިލެއްވި އެވެ.

Advertisement - newsAdvertisement

ގޭގައި މަޑުކުރަން، ނުވަތަ ގެއިން ނިކުތުން މަނާކޮށްފައިވާ މީހުން، ބޭރުތަރޭގައި އުޅޭކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ދަނީ ކުރަމުން ނެވެ.

މީގެއިތުރުން މަބްރޫކް ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ، އަލަށް ނެގުނު ތިން މީހެެއްގެ މައުލޫމާތުވެސް މީޑިއާތަކަށް ހިއްސާކޮށްދެއްވާފަ އެވެ. އެގޮތުން މެލޭޝިއާއިން އައި މީހަކާއި އިންޑިއާއިން އައި މީހެއް ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސާމްޕަލް ނެގިފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ އައްޑޫ ސިޓީ މަރަދޫ ދެ މީހުން ކަމަށާއި އަދި އިންޑިއާއިން އައި ތ. ގުރައިދޫ މީހެއްގެ ސާމްޕަލްވެސް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝްއިން މީހުން އައުން މަނާކޮށްފައި ނުވަނީ، މީހުން އައުން މަނާކޮށްފައިވާ އެހެން ގައުމުތަކާއި އެ ދެ ގައުމުގައި ކޮވިޑް-19 ފެތުރެމުންދާ ހާލަތަށް ބާލަފަ ކަމަށެވެ. އަދި ބަންގްލަދޭޝްއިން އަންނަ ދިވެހިން ގޭގައި ސެލްފް ކަރަންޓީން (ގޭގައި މަޑުކުރަން) އަންގާފައިވާނެ ކަމަށާއި ބަންގްލަދޭޝް މީހުން ލޭބަރުންގެ ގޮތުގައި އަދި ޗުއްޓީގައި ބަންގްލަދޭޝްގައި ތިބި މީހުންނަށް ރާއްޖެއައުން މަޑުޖައްސާލާފައި ވާކަމަށެެވެ.

މީގެއިތުރުން ޑރ. މޫސާ މުރާދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ހާލަތުވެސް ވަރަށް ރަނގަޅު ކަމަށާއި ހާއްސަކޮށް، ހާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ދޭން ޖެހުނު 70 އަހަރުގެ ފަތުރުވެރިޔާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް