Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޯވިޑް-19

ކޮވިޑް-19: ޑަބްލިޔުއެޗްއޯގެ ދެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޑަބްލިޔުއެޗްއޯ މުވައްޒަފުންނަށް ވަނީ ގެއިން މަސައްކަތްކުރަން އަންގާފައި

އަމަން ހަލީމް
އަމަން ހަލީމް | 18 މާރިޗު 2020 | ބުދަ 03:11
ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓަރު ބޭރުގައި ހުންނަ ލޯގޯ

ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓަރު ބޭރުގައި ހުންނަ ލޯގޯ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގައި މަސައްކަތްކުރާ ދެ މުވައްޒަފަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުން އަންނަ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރާ، ޑަބްލިޔުއެޗްއޯއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމަޔަރ ވިދާޅުވީ، އޮފީސް ދޫކޮށް ގެއަށް ދިޔަ ފަހުން ބަލީގެ އަލާމާތްތައް ފެނި، ޓެސްޓުކުރުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މި ވައިރަސް ނައްތާލުމަށް ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތުގައި ސީދާ ބައިވެރިވެފައިވާ ދެ ފަރާތްކަން މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، ވައިރަސް އެހެން ބަޔަކަށް ޓްރާންސްމިޓް ވެދާނެ ކަމުގެ ބިރު އޮތުމާއެކު، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ލިންޑްމަޔަރ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެތަނުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނާއި ކޮންސަލްޓަންޓުން، ގެއިން މަސައްކަތް ކުރުމަށް އިރުޝާދުދެވިފައިވާ ކަމަށް ލިންޑްމަޔަރ ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓަރުގައި 2400 އެއްހާ ސްޓާފުން މަސަައްކަތްކުރެއެވެ.

ޑަބްލިޔުއެޗްއޯގެ މައިމަރުކަޒު ހުންނަނީ ސްވިޒަލެންޑުގެ ޖެނީވާގައެވެ. ސްވިޒަލެންޑުގައި ވެސް ކޮވިޑް-19 ފެތުރިފައިވާއިރު، މިހާތަނަށް އެ ގައުމުން 2742 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 27 މީހަކު ވަނީ މަރުވެފައެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި އެ ގައުމުން ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ކުއްލި ހާލަތު އިއުލާންކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ ގައުމުގެ ރައީސާ ސިމޮނޭޓާ ސޮމަރޫގާ ވިދާޅުވީ، ވައިރަހާ ހަނގުރާމަކުރަން މިހާރުން މިހާރަށް ވަރުގަދަ ރައްދެއް ބޭނުންވާ ކަމަށެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2020

ލުބްނާންގެ ޓީވީ ޕްރެޒެންޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

07 މާރިޗު 2020
ލުބްނާންގެ ޓީވީ ޕްރެޒެންޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
06 މާރިޗު 2020

އިންޑިއާގެ ނިއުދިއްލީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

06 މާރިޗު 2020
އިންޑިއާގެ ނިއުދިއްލީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
15 ފެބުރުއަރީ 2020

1700 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ޗައިނާ ސަރުކާރަށް އިތުރު ގޮންޖެހުމެއް

15 ފެބުރުއަރީ 2020
1700 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ ޗައިނާ ސަރުކާރަށް އިތުރު ގޮންޖެހުމެއް
11 ފެބުރުއަރީ 2020

އިންޑިއާގެ ހައިދަރްއާބާދުން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 2 މީހަކު ފެނިއްޖެ

11 ފެބުރުއަރީ 2020
އިންޑިއާގެ ހައިދަރްއާބާދުން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 2 މީހަކު ފެނިއްޖެ
10 ފެބުރުއަރީ 2020

''ޑައިމަންޑް ޕްރިންސަސް'' އިން އިތުރު 66 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ

10 ފެބުރުއަރީ 2020
''ޑައިމަންޑް ޕްރިންސަސް'' އިން އިތުރު 66 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު