Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ޖަނާޒާތައް ލައިވް ސްޓްރީމް ކުރަނީ

ވީހާވެސް މަދު މީހުން ޖަނާޒާތަކަށް ދިއުމަށް އިލްތިމާސްކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2020 | އަންގާރަ 19:51
އާއިލާގެ އެންމެ ގާތް މީހުން ފިޔަވައި އިތުރު މީހުން ޖަނާޒާ އޮންނަ ތަނަށް ދިއުން ބުއްދިވެރިއެއް ނޫންކަމަށް ސީޑީސީން ބުނޭ

އާއިލާގެ އެންމެ ގާތް މީހުން ފިޔަވައި އިތުރު މީހުން ޖަނާޒާ އޮންނަ ތަނަށް ދިއުން ބުއްދިވެރިއެއް ނޫންކަމަށް ސީޑީސީން ބުނޭ

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ޖަނާޒާތައް ލައިވް-ސްޓްރީމް ކުރުމަށް ނިންމައިފިއެވެ.

ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ސީޑީސީން ވަނީ ވީހާވެސް މަދު މީހުން ޖަނާޒާތަކަށް ދިއުމަށް އިލްތިމާސްކޮށް, ޖަނާޒާތައް ލައިވްސްޓްރީމް ކުރުމަށް އަންގާފައެވެ. އެގޮތުން ޖަނާޒާތައް އިންތިޒާމްކުރާ ފަރާތްތަކަށްވެސް އެގޮތަށް އަމަލު ކުރުމަށް ސީޑީސީން ވަނީ އިރުޝާދު ދީފައެވެ. އަދި އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ސޯޝަލް ޑިސްޓެންސިންގއަށް މީހުން އަހުލުވެރިކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާ ކުރުމުގެ ޤަސްތުގައިކަމަށް ސީޑީސީން ބުނެއެވެ.

އެގޮތުން ސީޑީސީގެ އެޕިޑޮމޮލޮޖިސްޓް ޑރ ޑޭވިޑް ބަރނާންޑަސްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން އާއިލާގެ އެންމެ ގާތް މީހުން ފިޔަވައި އިތުރު މީހުން ޖަނާޒާ އޮންނަ ތަނަށް ދިއުން މި ދަނޑިވަޅުގައި ބުއްދިވެރިއެއް ނޫނެވެ.

ޚާއްސަކޮށް، އުމުރުން ދުވަސްވީ މީހެއްނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރެމުންދާއިރު، ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެގޮތުން އެމެރިކާއިން 5000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 97 މީހަކު ވަނީ ވައިރަސްގައި މަރުވެފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު