Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ޔޫރޯ ފަސްކުރުމަށް އިޓާލިއަން އެފްއޭ އިން ގޮވާލާފި

16 މާރިޗު 2020 | ހޯމަ 07:57

ކޮވިޑް-19 ގެ ސަބަބުން އިޓާލިއަން ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 މާރިޗު 2020 | ހޯމަ 07:57
އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން

އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން

ޔޫރަޕުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓާލިއަން ލީގު މެދުކަނޑާލާން ޖެހުމާއި ގުޅިގެން ޖޫން-ޖުލައި މަހު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކޮށްދިނުމަށް އިޓާލިއަން ފުޓްބޯޅަ އެސޯސިއޭޝަނުން ގޮވައިލައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކުރަން ޖެހިފައިވާއިރު އިޓަލީއަކީ ޔޫރަޕުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ.

އިޓާލިއަން އެފްއޭގެ ރައީސް ގެބްރިއަލް ގްރަވީނާ ވިދާޅުވީ އަންގާރަ ދުވަހު ޔުއެފާއިން ބާއްވާ ކުއްލި ބައްދަލުވުމަށް މި މައްސަލަ ވައްދާނެ ކަމަށާއި، މިވަގުތު ޔޫރަޕުގެ ހުރިހާ ގައުމަކަށްވެސް ރަނގަޅުވާނީ ޔޫރޯ ފަސްކުރުން ކަމަށެވެ.

ގްރަވީނާ އިތުރަށް ވިދާޅުވީ އިޓާލިއަން ލީގުގެ މި ސީޒަން ނިންމާނެ ކަމަށާއި ކްލަބުތަކާއި ކުޅުންތެރިން އުފުލި ބުރައިގެ އަގު އެފްއޭ އިން ވަޒަން ކުރާނެ ކަމަށެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުން ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން އިޓާލިއަން ލީގުގެ އިތުރަށް އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ.

މީގެ އިތުރުން ޔޫރަޕުގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގު ޔުއެފާއިން ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައެވެ. އެކަމަކު މި ދެ މުބާރާތްވެސް އިތުރަށް ފަސްކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 169،907 އަށް އަރައިފައެވެ. އަދި މި ބަލީގައި 6،520 މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް