Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮރޯނާވައިރަސް (ކޮވިޑް-19)

ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް ބަދަލުކުރި ކަމަށް ބުނާ ޚަބަރު ދޮގުކޮށްފި

ދާދި ފަހުން މީޑިއާތަކުން ވަނީ ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް ބަދަލުކޮށް ހިލޭ ފަރުވާދޭނެ ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މާރިޗު 2020 | އާދީއްތަ 16:06
ރޮނާލްޑޯގެ ހޮޓެލް

ރޮނާލްޑޯގެ ހޮޓެލް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހޮޓާތައް ހޮސްޕިޓަލްތަކަށް ބަދަލުކޮށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާ ހިލޭ ލިބޭނެހެން ހަދަން ނިންމި ކަމަށް އަޑުފެތުރު ޚަބަރު ދޮގުކޮށްފި އެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރޮނާލްޑޯގެ އަމިއްލަ ގައުމު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ހަދާފައި ހުރި އޭނާގެ ދެ ހޮޓަލެއް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ރޮނާލްޑޯ ހުޅުވާ ހޮސްޕިޓަލްތަކުން ފަރުވާ ހިލޭ ދިނުމަށް ނިންމި ކަމަށްވެސް ރިޕޯޓުކުރި އެވެ.

އެކަމަކު އާދީއްތަ ދުވަހު އެކަން އެ ހޮޓަލުން ދޮގުކޮށްފައިވާ ކަމަށް ގޯލް.ކޮމް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ހޮޓެލްގެ ސްޕޯކްސްޕާސަންއަކާ ހަވާލާދީ ގޯލް.ކޮމް އިން ރިޕޯޓުކޮސްފައިވާ ގޮތުގައި، ލިސްބަންގައި ހުރި ހޮޓެލްތައް ހޮސްޕިޓަލްތަކަށް ބަދަލުކުރަން ނިންމާފައެއް ނުވެއެވެ.

ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް ބަދަލުކުރި ޚަބަރު އެ ހޮޓެލުން ދޮގުކުރި ނަމަވެސް، ދާދި ފަހުން ރޮނާލްޑޯ ވަނީ ސަޕޯޓަރުންނަށް ހިތްވަރުދީ ހާއްސަ މެސެޖެއް ދީފައެވެ. އެގޮތުން ރޮނާލްޑޯ އޭނާގެ ޓުވިޓާގައި ބުނީ މިއީ ދަތި ހާލަތެއް ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން އެކުވެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިއަދު މިވާހަކަ ދައްކަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ނަމަވެސް، ދަރިޔެއް، ބައްޕައެއް، އަދި އިންސާނެއްގެ ހައިސިއްޔަތުން މިވާހަކަ ދައްކަން މިއަދު މަޖުބޫރު ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ މިވަގުތު އެންމެންނަށް ވެސް ރަނގަޅުވާނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދޭ އިރުޝާދާއި އެއްގޮތައް އަމަލުކޮށްގެން ކަމަށެވެ.

ރޮނާލްޑޯ މިހެން ބުނިއިރު ޔޫރަޕުގެ ބޮޑު ފަސް ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި މުޅި ޔުވެންޓަސްގެ ޓީމު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ރޮނާލްޑޯ އާއެކު ކުޅެމުންއައި އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ވަނީ ނިންމާފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުއެފާ ޗެމްޕިއަންސް ލީގު:ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގު:ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ

14 ސެޕްޓެމްބަރު 2017
ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

ރޮނާލްޑޯގެ ހިތްގައިމު ގޯލުން ރެއާލް މޮޅުވެއްޖެ

24 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އެޕީލްކުރަނީ..!

15 އޯގަސްޓު 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު