Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮރޯނާގެ ބަލިމަޑުކަމަށްވުރެ އިދިކޮޅުގެ ފިތުނަފަސާދަ މާބޮޑު!

ހާމަކަން ބޮޑުކޮށް ފެންނަން އޮތް ކަންކަން އޮޅުވާލަން މަސައްކަތް ކުރުމަކީ އިދިކޮޅުން އާންމުކޮށް ކުރާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2020 | އާދީއްތަ 21:13
މާޗް 13 ވަނަ ދުވަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މާޗް 13 ވަނަ ދުވަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިވަނީ މި ކުޑަ ރާއްޖޭގެ އަސްކަނިންވެސް އެތެރެވެފައެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގެ ރައްޔިތުން ދަނީ ނަމޫނާ ދައްކަމުންނެވެ. ރައްޔިތުން ތިބީ ދިވެހި ސަރުކާރުން ދައްކަމުންދާ މަގުން ދިއުމަށް ބޯލަނބައި އެކަމަށް ކަންފަތްދީގެންނެވެ. މިއީ ރައްޔިތުން ސަރުކާރު ބަލައި ގަންނަކަމުގެ ހެއްކެކެވެ.

މިހެންމިދަންނަވަނީ މިހާރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުން ދައްކަމުންދާ ވާހަކަތަކައް ހުދު އެ ޕާޓީގެ އާންމު މެންބަރުން ވެސް ސަމާލުކަން ނުދޭތީއެވެ. އިދިކޮޅުގެ ވާހަކަތަކުގައި އޮއްޓަރެއް ނެތި ސަރުކާރު ބަދުނާމު ކުރުމުގައި އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް ކާރިސާއެއް ދިމާވެގެން އުޅޭ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ކުރިމަތީ އިތުރުފުޅު ހައްދަވާ ބުހުތާނު ދޮގު ހަމައެތް ލަމައެއްނެތި ދައްކަމުން ދާތީއެވެ. މިހެން ކަންކަން ހިނގަން ފަށައިފިނަމަ މިހާރު އެވެރިންގެ ފަހަތުގަ ތިބި މަދު މީސްކޮޅު ވެސް ފަހަތު ފަޔައް ބުރަވެދާނެ ކަމީ ދުރުގައި އޮތް ކަމެއް ނޫނެވެ.

މިއާއެކު އިސާހިތަކު އަޅާލާނެ މީހަކުނެތި އިދިކޮޅު އިތުރަށް ނިކަމެތިވެދާނެއެވެ. މިވަގުތު ސަރުކާރުގެ އަގުވައްޓާލުމަށް އިދިކޮޅުން ކުރާ ނާތަހުޒީބު އަމަލަކީ ދިވެހި ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫންކަން ފެންނަމުން ދާކަމަށް ބުނުމަކީ ދޮގުކަށް ނުވާނެއެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕްރެސްތައް ބާއްވާ ސަރުކާރުގެ ނާގާބިލުކަން ދައްކަން އެކުރާ މަސައްކައްތައް ވެދަނީ ސައިބޯނިބޮއްކަކަށެވެ.

އިދިކޮޅުން ގޯލު ޖަހަން އަނެއްކާވެސް ހަމްދަރުދީ ހޯދަން މިހާރު މި ފެތުރެމުންދާ ބަލިމަޑުކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. މާރޗް 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެށުނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިހާރު ބޯމަތި ވެފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ނިކުމެދާނެ ނަތީޖާއަކާމެދު މާ ބޮޑަށް ކަންބޮޑުވެގެން އުޅުއްވާ މަންޒަރާއެކުގަ އެވެ. ނަމަވެސް ފަރުދާގެ ފުރަގަހުން ޕްރެސްގެ ބޮޑު ބައި ދިޔައީ ސަރުކާރުގެ ގޯސްތައް ދެއްކުމަށެވެ.

"އިލެކްސަންސް ކޮމިސަނަކުން އަޅުގަނޑުމެންނަކާ ވާހަކައެއް ނުދައްކާ"މިއީ ކަންކަމުގެ ހަޤީޤަތް އޮޅުވާލުމަށް އަދުރޭ ހެދި ފުރަތަމަ އިތުރުފުޅެވެ. އެހެނީ ޖެހިގެން އައި ދުވަހު އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވަނީ ޤައުމީ ލަފާދޭ ކޮމެޓީގައި އިންތިހާބު ފަސްކުރުމުގެ މަޝްވަރާ ކުރެވުނުކަމާއި، އެ މަޝްވަރާގައި ޕީޕީއެމުންވެސް ބައިވެރިވިކަން ހާމަކޮށްފަ އެވެ. ސަރުކާރު ބަނދުނާމުކޮށް، އިލެކްޝަންސް ކޮމިޝަންގެ އަގު ވައްޓާލުމަށް އަބްދުއްރަހީމް ކުރެއްވި މަސައްކަތުން ބައިކޮޅަށް ގޯލު ޖެހުނު އިރުވެސް ހުންނެވީ ނުބައި ހިސާބެއް ހައްދަވަންށެވެ.

މިއާއެކު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އުޅުއްވާތަން ފެނިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން ނޫސްވެރިން މެދުވެރިކޮށް ސުވާލެއް ގެ ޖަވާބު ހޯއްދެވުމުގައެވެ. އިދިކޮޅުގައި ތިބެ ސަރުކާރު ޒިންމާދާރުކުރަން ކަމަށް ބުނެ އެކަން ވެސް ކުރައްވަން ނުކެރި އެންމެ ފަހުން ނޫސްވެރިން މެދުވެރިކޮށް ސިޓީ ބަހާ ހިސާބަށް ވެސް ދިޔައީ ކަމަށް ވެދާނެއެވެ.

"ފެބްރުއަރީ 3 ގައި ރައީސް ދެއްވެވި ރިޔާސީ ބަޔާނުގަ ވިދާޅުވި އެއްވެސް ވާހަކަފުޅެއްގަ މިބަލިން ދިވެހިރާޖޭގެ އިގްތިސާދައް ކޮއްފާނެ އަސަރުގެ ހަމަ ކުޑަކުޑަ ވާހަކަފުޅެއް ވެސް ވިދާޅުނުވާ"ކަމަށް ބުނެ ސައީދު ބޮޑު ޓައިމްލައިނެއް ހައްދަވައިގެން އުޅުއްވީ މި ނާޒުކު ދަނޑިވަޅުގައި ފިތުނަ އުފައްދަންކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ސައީދެވެ. އޮޅުން އަރާނަމަ ކަމުގެ ހަޤީޤަތަކީ މިއީ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިވަނީވެސް މާރޗް 11 ގައެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ ޖެނުއަރީ މަހުގެ މެދު ތެރެއިން މިކަމައް ތައްޔާރުވާން ފަށާ، މިކަމުގައި އެންމެ ގޯސްވެދާނެ ހިސާބަކަށްވެސް ތައްޔާރުވުމަށް ނިންމާފައެވެ. އެއީ ބަލި އައިކަމުގައި ވިޔަސް އަދި ނުވިޔަސް ވަރިހަމަ ކަމުގައެވެ. އެހެންކަމުން މިކަމުގަވެސް މިސަރުކާރު މިވަނީ ކުރީގައިކަން ގަބޫލުކުރަން ޖެހެއެވެ. ކަމުގެ ހަޤީޤަތް އެގޮތަށް އޮތްއިރު ސައީދަށް ހަމަ އޮޅިވަޑައިގަތީބާ ނުވަތަ ދޭތެރެ ޖައްސަން ޖެއްސި ސްޓަންޓެއް ބާއޭވެސް ސުވާލު އުފެދެއެވެ.

ދެން އޮތީ ރިޔާސީ ބަޔާނުގެ ވާހަކަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާން ފައްޓަވަމުންވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި އަސަރުތަކެއްކުރާކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ޓޫރިޒަމަށް ކުރާ އަސަރުގެ ވާހަކަވެސް އެމަނިކުފާނު ފަހަގަކުރެއްވި އެވެ. ފަހަރުގައި ރިޔާސީ ބަޔާން އިއްވެވި ގަޑީގައި މުޒާހަރާކުރައްވަން ހުންނެވުމުން އަބްދުއްރަހީމަށް އެނގިވަޑައިނުގެންނެވީކަމަށްވެދާނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ސިޔާމް އުޅުއްވީ ދާދި ފަހުން އޭނާ ކުރެއްވެވި ޓްވީޓެއްގެ ޖަވާބު ސާފުނުވެގެންނެވެ. އެގޮތުން ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެ ގައުމުގެ ރެސްޕިރޭޓަރީ ފިޒީޝަނުންނާއި ޕަލްމޮނޮލިޖިސްޓުން ހިމެނޭ ޓީމަކާއެކު މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ޗައިނާ ސަރުކާރުން ހުށައެޅުމުން، ސަރުކާރުން "ރިޖެކްޓް" ކޮށްފައިވާ ކަމަށެވެ. އަދި އެހެން ކަންކުރެއްވި ސަބަބު އޮޅުންފިލުވައިދެއްވަން ރައީސް ސޯލިހު އަރިހުން އެދިވަޑައިގަތެވެ.

ޖަވާބުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލި ޒޮންގް "ނޯ" ޖެއްސެވުމުން އޭގެ މާނަ އެނގިނުލައްވައިގެންވެސް އުޅުއްވިއެވެ."ޗައިނާގެ ސަފީރު އެބައިން "ނޯ" ޖައްސަވާފަ އެކަމަކު ސަރުކާރުގެ އެއްވެސް އޮފިސަލަކު މިކަމާގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެއްޖެތޯ"ކަމަށް ވިދާޅުވެ ސާފު ސީދާ ޖަވާބެއްގެ މާނަ ސިޔާމަށް ހަމަ އޮޅިވަޑައިގެންނެވީ ކަމަށް ވެދާނެއެވެ. ނުވަތަ އަމިއްލަފުޅަށް ގަބޫލުރައްވާ ގޮތަށް ކަންކަން ނުހިނގާތީ ހަގީގަތް ހަޖަމްކުރައްވަން ދަތިފުޅުވީކަމަށްވެސް ވެދާނެއެވެ. އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ފެނިފައި ހުރި ބާ މަންޒަރުތަކެކެވެ.

ސިޔާމެވެ. "ނޯ" ގެ މާނައަކީ ނޫނެކޭ. މިވަރުން ފަހުމު ނުވާނަމަ ކުރާނެކަމެއް ނެތެވެ. ހަގީގަތް ހިތި ނަމަވެސް ގަބޫލުކުރަން ދަސްކުރަންވެއްޖެއެވެ. އަދި މިއާއެކު ޗައިނާގެ އެހީތެރިކަން ހުށަހަޅުއްވާ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަކީވެސް އެއްކަލަ "ނޯ" ސިޔާމަށް ފަހުމް ނުވާނަމަ ފަހުމްވާވަރުގެ ހެއްކަކަށް ވެދާނެއެވެ.

ޒިންމަދާރުކަމަށް ހެދިގެން، ފަރުދާ ފުރަގަހުގައި އިދިކޮޅުން ތިޔަ ދައްކަމުންދާ ތާކުންތާކުނުޖެހޭ ވާހަކަތަކައް ރައްދުދިނުމަށްވުރެ މި ސަރުކާރައް މިވަގުތު މުހިންމީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމު އަމާން ބަނދަރަކަށް ގެންދިއުމެވެ. ދެންވެސް ފަޟީހަތްނުވެ ސަރުކާރާ އެކީގައި މަސައްކަތް ކުރުމަކީ މިވަގުތަށް އެންމެ ބުއްދިވެރި ގޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

19 ޑިސެމްބަރު 2021
އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

02 ފެބުރުއަރީ 2021
95000 ވޯޓާއިއެކު ގޮޅިއަށް ވަޑައިގެންނެވި ރައީސް ޔާމިނަށްވެސް އިދިކޮޅުގެ ހަރަކާތްތައް ލަދުވެތި!

95000 ވޯޓާއިއެކު ގޮޅިއަށް ވަޑައިގެންނެވި ރައީސް ޔާމިނަށްވެސް އިދިކޮޅުގެ ހަރަކާތްތައް ލަދުވެތި!

29 ޖެނުއަރީ 2021
ކޮވިޑް-19: ކޮރޯނާގެ އައުޓްބްރޭކުން ޗައިނާ ސަލާމަތްވީ ކިހިނެއް؟

ކޮވިޑް-19: ކޮރޯނާގެ އައުޓްބްރޭކުން ޗައިނާ ސަލާމަތްވީ ކިހިނެއް؟

10 މާރިޗު 2020
ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

26 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު