Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމް7

"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަނީ

މި ސްކީމްގައި އިސްކަންދެނީ M7 ޕްރިންޓްއިން ވޭތިވެދިޔަ ތިން އަހަރު ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 މާރިޗު 2020 | ހޮނިހިރު 07:35
އެމް7 އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

އެމް7 އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

M7 އިން "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަން ނިންމައިފިއެވެ.

M7 އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ދުނިޔޭގެ ޤައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ދިވެހިރާއްޖެއިން ފެނިފައިވުމާއި، ބަލީގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ހަރަކާތްތައް ހުއްޓުމަކަށް އައިސް، ޓްރޭޑް ފެއަރ ފަދަ ހަރަކާތްތައް ކުއްލިއަކަށް ކެންސަލްކުރަމުން ދިއުމާއި ގުޅިގެން M7 ގެ ވިޔަފާރިއަށްވެސް ވަނީ ނުހަނު ބޮޑު ހީނަރުކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުން މާ ބޮޑުވާނެ ކަމަށް ދެކޭ ކަމަށެވެ.

ވިޔަފާރިއާއި އިޤްތިސާދަށް ލިބޭ ގެއްލުމަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން އާންމު ފަރުދުންނާއި މުޅި ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި މި ދަތިވަގުތުގައިވެސް އެމްސެވަންގެ ޤާބިލްކަން ހުރި މިންވަރަކުން ވިޔަފާރިކުރައްވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

މި ސްކީމްގައި އިސްކަންދެވިފައިވަނީ، M7 ޕްރިންޓްއިން ވޭތިވެދިޔަ ތިން އަހަރު ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށެވެ. ނަމަވެސް ކުދި އަދި މެދުފަންތީގެ ފަރާތްތަކުން ލިބޭ ޕްރޮޕޯސަލްތަކަށް ބަލައި، އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ޕްރިންޓްކުރައްވާ އެންމެހާތަކެއްޗަށް "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްސެވަން އިން ބުނެއެވެ.

"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމްގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒްގެ އީމެއިލްm7print.ca@m7maldives.comއަށް ލިއުއްވުމުން، މަސައްކަތު ދެ ދުވަސްތެރޭގައި އެފަރާތްތަކާއި ބައްދަލުކޮށް "އެމްސެވަން ފަސޭހަ-ކްރެޑިޓް" ގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2020

ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

01 ސެޕްޓެމްބަރު 2020
ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
05 މެއި 2020

ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި

05 މެއި 2020
ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި
10 ޖުލައި 2019

އެމް 7 ޕްރިންޓްގެ "އެމްސެވަން މިނިވަން ޕްރޮމޯ" ފަށައިފި

10 ޖުލައި 2019
އެމް 7 ޕްރިންޓްގެ "އެމްސެވަން މިނިވަން ޕްރޮމޯ" ފަށައިފި
06 މެއި 2019

ޓީޓީއެމްގެ 2019ގެ ގޯލްޑް ޕާޓްނަރަކަށް އެމްސެވަން ޕްރިންޓް ހަމަޖައްސައިފި

06 މެއި 2019
ޓީޓީއެމްގެ 2019ގެ ގޯލްޑް ޕާޓްނަރަކަށް އެމްސެވަން ޕްރިންޓް ހަމަޖައްސައިފި
15 ފެބުރުއަރީ 2019

ގޯލްޑް 100ގެ ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފި

15 ފެބުރުއަރީ 2019
ގޯލްޑް 100ގެ ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު