Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެންމެ ހައްސާސް ދަނޑިވަޅުގައިވެސް މިދެވެރިން ފިތުނަ ފަސާދަ ކުރުމުގައި!

ޗައިނާ ސަފީރު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 13 މާރިޗު 2020 | ހުކުރު 15:02
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މުހައްމަދު ސައިދު

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މުހައްމަދު ސައިދު

ކޮވިޑް-19 ގެ ނުރައްކާ ދިވެހިންވެސް ކުރިމަތިލާންޖެހިފައިވާއިރު، އެ ބައްޔަށް ރާއްޖެއިންވެސް ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ބަލީ ނުރައްކަލާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.

މި ހައްސާސް ދަނޑިވަޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއް ގަލަކަށް އަރާއި އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަން ޖެހޭ ދަނޑިވަޅެކެވެ. އެއްބައިވަންތަކަމާއި، އެއްބަޔެއްވަންތަކަމުގެ ނަމޫނާ ދައްކަންޖެހޭ ދަނޑިވަޅު އެވެ. ކުރިމަތިވި ކޮންމެ ކާރިސާއެއްގައިވެސް ދިވެހިން ދެއްކި، ދައްކަމުންގެންދާ ނަމޫނާ ތަކުރާރުކުރަންޖެހޭ ދަނޑިވަޅު އެވެ. ނަމަވެސް ހިތާމައަކީ، މި ދަނޑިވަޅުގައިވެސް ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ބަޔަކު މަސައްކަތްކުރާކަމެވެ. ސިޔާސީގޮތުން ތަސައްރަފު ނުފުދޭ މަދު ބަޔަކު ތާކުންތާކުން ނުޖެހޭ ވާހަކަތައް ދައްކާ ސަރުކާރާ މެދު ނަފުރަތު އުފައްދަން މަސައްކަތްކުރުމެވެ.

މި ދައްކަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ނަައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ވާހަކައެވެ. މި ދެބޭފުޅުން އިއްޔެ ޓްވިޓާގައި ފަތުރަންފެށި ވާހަކައަކީ ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީވެދެން އުޅުމުން ފޮރިން މިނިސްޓްރީމް އެކަމާއި ދެކޮޅަށް ހެދި ވާހަކައެވެ. ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް ޝިޔާމާއި، ސައީދުއާ ދެ ބޭފުޅުންވެސް ހަމަ މި ވާހަކަ ތަކުރާރު ކުރެއްވިއެވެ.

ދެ ބޭފުޅުންވެސް ހެއްދެވި އިތުރުފުޅެއްކަން ސާބިތުވީ ޗައިނާ ސަފީރު ޒަންގް ލީ ޒޮންގް އެ ވާހަކަތައް ދޮގުކުރެއްވުމުންނެވެ. އެއާއިއެކު ދެ ބޭފުޅުންވެސް ފަލީޙަތްވީ އެވެ. ސަރުކާރުންވެސް އެކަމާއި ގުޅޭގޮތުން ބުނެފައިވަނީ ޗައިނާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އެއް ފަހަރުވެސް އިންކާރު ކުރިކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި ސަފީރުވެސް ވިދާޅެއް ނުވެއެވެ. ޝިޔާމާއި ސައީދުގެ ބަސްމަގު ހުރި ގޮތުން އެނގެނީ އެ ދެ ބޭފުޅުން ތިލަކުރެއްވީ ވުޖޫދުގައި ނެތް ވާހަކައެއް ކަމަށެވެ. ހައްދަވަމުންގެންދެވީ ސީދާ ކަނޑައެޅިގެން އިތުރުފުޅެއްކަމެވެ. އެކަމުގައި ހެއްކެއްވެސް ދެއްކިފައެއް ނުވެއެވެ. ނުވިތާކަށް އެކަން އެނގޭ މީހެއްވެސް ދެ ގައުމުގެ ސަރުކާރުގައިވެސް ނެތެވެ.

އެ ވާހަކަތކާއި ގުޅިގެން އެންމެފަހުންވެސް ޗައިނާ ސަފީރު ވިދާޅުވީ ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއެކު، އެމްބަސީން ވަރަށް ގާތުގައި މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތައް ކަނޑައަޅަމުން އަންނަކަމަށާއި، އޭގެ ނަތީޖާތައްވެސް ވަރަށް އަވަހަށް ފެންނާނެކަމަށް ޗައިނާ ސަފީރު ވިދާޅުވި އެވެ.

ވުޖޫގައި ނެތް މައްސަލައެއް ތިލަކުރައްވާ ދެ މެމްބަރަކު، ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅުވައި، ރައްޔިތުންގެ މެދުގައި ނުތަވަސްކަމާއި، ނަފްރަތު އުފެއްދުމަށް މަސައްކަތްކުރުމަކީ ހަޤީޤަތުގައިވެސް މި ދަނޑިވަޅުގައި ލަދުގަންނަންޖެހޭ ކަމެވެ. އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައި ތި މަސައްކަތް ކުރައްވަނީ ސަރުކާރާ ދޭތެރެ ރައްޔިތުންގެ ތެރޭގައި ނަފުރަތު އުފެއްދުމަށެވެ.

މި ސަރުކާރަކީ ޗައިނާއާ އޮންނަ ގުޅުން ކަނޑާލާނެ ސަރުކާރެއް ނޫންކަން ސަރުކާރުން ވަނީ އެތަކެއް ފަހަރުމަތިން ސާބިތުކޮށްދީފަ އެވެ. ޗައިނާ ރައްޔިތުން ހާލުގައި ޖެހުނު އެންމެ ހައްސާސް ދަނޑިވަޅުގައިވެސް ދިވެހިންނަށްވި އެންމެ ދިލަތި އެހީ ދިވެހިން ވަނީ ޗައިނާ ރައްޔިތުންނަށް ފޯރުކޮށްދީފަ އެވެ. ފެންނަން ހުރި މަންޒަރާއި، ހަޤީޤަތްތައް ބުނެދެނީ ކޮވިޑް-19 އާއި ހަނގުރާމަކުުރމުގައި ޗައިނާއާއި ދިވެހި ސަރުކާރަކީ ދެ ބައިވެރިންކަމެވެ. އެކުގައި މަސައްކަތްކުރާނެ ދެ އެކުވެރިންކަމެވެ.

މިއީ، ނަފްރަތު އުފެދެ ވާހަކަތައް ހުއްޓާލާ، ރައްޔިތުން އެއްބައިވަންތަކޮށް، އެހީތަށް ހޯދުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރަންވީ ވަގުތު އެވެ. ސަރުކާރުތަށް ޖައްސުވައި، ދިވެހިންނަށް ލިބެން ހުރި އެހީތަކެއް ކަނޑުވާލުމަށް މަސައްކަތްކުރަންވީ ވަގުތެއް ނޫނެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2023

ފިތުނަ އުފައްދާ ފިތުނަ ފަތުރާ އޭގެ މައްޗަށް ފިތުނަ ހަދަނީއެވެ.

25 ސެޕްޓެމްބަރު 2023
ފިތުނަ އުފައްދާ ފިތުނަ ފަތުރާ އޭގެ މައްޗަށް ފިތުނަ ހަދަނީއެވެ.
03 އެޕްރީލު 2022

ހިޔާ ފުލެޓް ކުލީގެ ވާހަކަ ދައްކަވައިގެން މުއިއްޒު އުޅުއްވަނީ ފިތުނަ ފަސާދަ އުފައްދަވަން

03 އެޕްރީލު 2022
ހިޔާ ފުލެޓް ކުލީގެ ވާހަކަ ދައްކަވައިގެން މުއިއްޒު އުޅުއްވަނީ ފިތުނަ ފަސާދަ އުފައްދަވަން
19 ޑިސެމްބަރު 2021

އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

19 ޑިސެމްބަރު 2021
އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!
16 މާރިޗު 2021

ފިތުނަ އުފައްދަން އުޅެއުޅެ އެންމެފަހުން ގޮތްހުސްވީއެވެ.

16 މާރިޗު 2021
ފިތުނަ އުފައްދަން އުޅެއުޅެ އެންމެފަހުން ގޮތްހުސްވީއެވެ.
15 މާރިޗު 2020

ކޮރޯނާގެ ބަލިމަޑުކަމަށްވުރެ އިދިކޮޅުގެ ފިތުނަފަސާދަ މާބޮޑު!

15 މާރިޗު 2020
ކޮރޯނާގެ ބަލިމަޑުކަމަށްވުރެ އިދިކޮޅުގެ ފިތުނަފަސާދަ މާބޮޑު!
28 އޮކްޓޯބަރު 2019

މުޅި ދައުލަތް ފަސާދަވެފައިވާކަން އެނގިވަޑައިގެން ފިޔަވަޅުނާޅުއްވާ އެ ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް!

28 އޮކްޓޯބަރު 2019
މުޅި ދައުލަތް ފަސާދަވެފައިވާކަން އެނގިވަޑައިގެން ފިޔަވަޅުނާޅުއްވާ އެ ވާހަކަދެއްކެވުމަކީ ލަދުވެތިކަމެއް!
25 ސެޕްޓެމްބަރު 2017

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި
12 މާރިޗު 2017

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

12 މާރިޗު 2017
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު