Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: އެންޒައިޓީ އާއި ކުރިމަތިލަމުންދާއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުން

ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ޤާއިމްކުރުން އެއީ ފަރުދީ ޒިއްމާއެއްކަމުގައި ދެކުން މުހިންމު

ޑރ. އާއިޝަތު އަލީ ނާޒު
ޑރ. އާއިޝަތު އަލީ ނާޒު, ރާއްޖެ އެމްވީ | 12 މާރިޗު 2020 | ބުރާސްފަތި 12:36
ކޮވިޑް-19 އާއި ގުޅިގެން ކުރިއަށްގެންދިޔަ ޑްރިލްގެ ތެރެއިން

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށްގެންދިޔަ ޑްރިލްގެ ތެރެއިން

ކޮރޯނާވައިރަސް ރާއްޖެއިން ފެނުމާއިވިދިގެން އަޅުގަޑުމެންގެ ހިތްތައް ހާސްކަމެއްގެ ތެރެއަށް ވަނީ ގޮސްފައެވެ. މިވަގުތުގައި ނަފްސާނީގޮތުން ދުޅަހެޔޮކޮށް ހުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ބައެއްކަންތައްތައްވެއެވެ.

މިގޮަތުން މިބަލި ފެތުރުން ހުއްޓުވާ، ހޭލުންތެރިކުރުވާ، ފަރުވާދީ، މިހާލަތާއި ކުރިމަތިލާން ޤައުމުގައި ތިބި ކަމާބެހޭ މުއައްސަސާތައްވަނީ ތައްޔާރުވެފައިކަން ޔަޤީންކުރުން މުހިންމެވެ. ވުމާއިއެކު ރަސްމީކޮށް މި ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުތައް ބަލައި ގަންނާވާށެވެ. ދެއްވާ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރައްވަމުން ގެންދަވާށެވެ. މިހެން ކަންތައްތައް ކުރައްވަމުންގެންދަވާއިރު ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ޤާއިމްކުރުން އެއީ ފަރުދީ ޒިއްމާއެއްކަމުގައި ދެކިލައްވާށެވެ.

މިގޮތުން ކޮރޯނާވައިރަސްއާއި ބެހޭގޮތުން ތިމާ މާބޮޑަށް ވިސްނާ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ލޮޅުން އަރާތޯ ބައްލަވާށެވެ. މިބައްޔާމެދު ވިސްނޭ ދަރަޖަ ގިނަވެ، އެހެން މީހުންނާއި އެކަހެރިވެވި، މިޖާޒަށް ބަދަލުއައިސް، ގައިގެ ރިހުން ގިނަވެ މިފަދަ ބަދަލުތަކެއް އާދޭތޯ ސަމާލުވެއްލައްވާށެވެ.

ހަމައެއާއިއެކު، ތަކުރާރުކޮށް، ޓީވީ، އަދި ފޯނު ބޭނުންކޮށް، ތަފާތު މީހުން ސޯޝަލް މީޑިއާގައި ކޮވިޑް-19 އާއި ބެހޭގޮތުންފަތުރާު އާ ޚަބަރުތައް އަބަދުބެލޭނަމަ، އަދި އޭގެސަބަބުން ތިމާއަށް އުނދަގޫ އިހުސާށްކުރެވޭނަމަ، "މީޑިއާ ބްރޭކް" އެއް ނަންގަވާށެވެ. މާނައަކީ މިފަދަ ޚަބަރުތައް ބަލާ ދަރަޖަ މަދުކޮއްލައްވާށެވެ. ނުނީ ވަގުތީ ގޮތުން މިފަދަ ޚަބަރުތައް ބެލުން ހުއްޓާލައްވާށެވެ. އަދި މިވަގުތު އަޑުއަހާނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ މަޢުލޫމާތުތުތަކެވެ.

މާގިނައިން، މިބައްޔާމެދު ގޫގުލްކޮށް، ޔޫޓިއުބް ބަލާ، ސޯޝަލް މީޑިއާގައި ދައުރުވާ ތަފާތު މަޢުލޫމާތުތަށް ބެލޭނަމަ، އެކަން ކުރެއްވުން މަދުކުރައްވާށެވެ. ނޫނީ ހުއްޓާލައްވާށެވެ. ނަފްސު ބިރުވެރިކަމެއްގެ ތެރެއަށް ދާ ލިޔުންތަށް ބެލުން ހުއްޓާލައްވާ، މިބައްޔާބެހޭ ޕްރޮގްރާމްތައް އެކަނި އިނދެ ނުބައްލަވާށެވެ. ނަމަވެސް އާއިލީ ބޭފުޅުންނާއިއެކު ކޮވިޑް-19 ޚަބަރުތައް ބެއްލެވުން އެންމެރަގަޅެވެ. އަދި މިގޮތުން އަޑުއިވޭ ވާހަކަތަކުގެ ތެރެއިން އޮއްޓަރުހުރި ހަޤީޤީ މަޢުލޫމާތުތައް ފާހަގަކޮށް، ކޮންމެހެން މިވާހަކަ ދައްކަން ބޭނުންފުޅުވާނަމަ މިފަދަވާހަކަތައް އަޑުއިވުމުން އުދަނގޫނުވާނެކަމަށް ޔަޤީންވާ ޢާއިލާ މެމްބަރަކާ ނުވަތަ ރަހުމަތްތެރިއަކާ ވާހަކަ ޙިއްސާކޮއްލިޔަސް އެންމެ ރަގަޅުވާނެއެވެ.

ކޮވިޑް-19 އާއިމެދު ދެކެވޭ ތޯތޯވާހަކަތައް ފަތުރާމީހަކަށް ތިމާނުވާށެވެ. އަދި މިފަދަ ލިޔުންތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރައްވާށެވެ. ބައެއް ތޯތޯ ވާހަކަތަކުގެތެރޭގައި، ކޮވިޑް19 އަކީ އިންސާނީ އުފެއްދުމެއްކަމަށް ބުނާބުނުން، ލޮނުމެދުފެން ފަދަ ގޭގައިދެވޭ ފަރުވާއިން ކޮވިޑް-19 ރަގަޅު ކުރަން ގޫގަލް ބުނާބުނުމަށް މުޅިންހެންބަރޯސާނުވެ، ޑޮކްޓަރީ އިރުޝާދުތައް ޤަބޫލު ކުރައްވާށެވެ.

ބަލި ފެތުރުމުގެ ޒަރިއްޔާތަކާ ބެހޭގޮތުން ޤަބޫލު ކުރައްވަނީ ޒިންމާދާރު ފަރާތްތަކުން ދެއްވަމުން ގެންދަވާ މަޢުލޫމަތުތަކައް (މިސާލަކަށް، އެޗްޕީއޭ، ޑަބްލިޔުއެޗްއޯ) އެވެ.

މިއަދުގެ މިނާޒުކު ޙާލަތުގައި އަޅުގަޑުމެން ތިބިއިރު ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ނަފްސާނީ ދުޅަހެޔޮކަން ޤާއިމް ކުރެއްވުމަށް ތަފާތު މަސައްކަތްތަކެއް ކުރެއްވިދާނެއެވެ.

ތިމާއަކީ ނުވަތަ ތިމާގެ ޢާއިލާގެ ބޭފުޅަކީ ޖެނެރަލައިޒްޑް އެންޒަައިޓީ، ޕެނިކް އެޓޭކް، ހެލްތް އެންޒަައިޓީ، ސޯޝަލް އެންޒަައިޓީ، އޯސީޑީ ނުވަތަ ޑިޕްރެޝަންއަށް ބޭސް ކުރަމުން އަންނަ ފަރާތަކަށް ވެފާ، ކޮވިޑް-19 ގެ ވާހަކަތައްއިވި ބަލީގެ އަލާމާތްތައް އިތުރުވާނަމަ ފަރުވާދޭ ޑޮކްޓަރުގެ ލަފާ ހޯއްދަވާށެވެ. މަތީގައި ދެންނެވުނު ހުރިހާކަމެއް ކުރުމަށް ފަހުވެސް ކޮވިޑް-19 އާއި ގުޅިގެން އަންނަަ ހާސްކަން ކުޑަނުވާނަމަ ފަންނިީ ބޭފުޅުންގެ އެހީތެރިކަން ހޯއްދަވާށެވެ.

މިކަމުގެ ކުރީސަފުގައި މަސައްްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންވެސް، ސިއްހީ ޚިދުމަތްތެރިން، ޕޮލިސް، ސިފައިން، އަދި ޕްރޮގްރާމްތައް ހިންގަވާ ބޭފުޅުންވެސް އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރި ކުރައްވުމަށް ސްޓްރެސް މެނޭޖްކުރެއްވުން މުހިންމެވެ. އެބޭފުޅުންނަށް ދެވެން އޮތް ހުރިހާ އެއްބަރުލުމެއް ދިނުން އެއީވެސް އަޅުގަޑުމެން އެންމެނަށް ކުރެވިދާނެކަމެކެވެ.

ރިފަރެންސް:ސައިކޮލޮޖީޓުޑޭ؛ ޖެކެމީކަރ؛ 5،6 މާރޗް 2020؛ މާގޮޑް ސްޓާރބަކް 3 މާރޗް 2020؛ ޑރ ބަރޫގްފިޝްއޯފް، އޭ.ޕީ.އެލް 2020

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު