Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ޖަރުމަނުގެ 70 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހޭނެކަމަށް ލަފާކޮށްފި!

ދިރާސަތަކަށް އެހީތެރިވުމަށް އެންގެލާ ވަނީ ގޮވާލައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މާރިޗު 2020 | ބުދަ 22:08
ޖަރުމަންގެ ޗާންސެލާ އެންގެލާ މާކެލް

ޖަރުމަންގެ ޗާންސެލާ އެންގެލާ މާކެލް

ދުނިޔޭގެ އެކި ކަންކޮޅުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ޖަރުމަނުވިލާތުގެ 60 ނުވަތަ 70 އިންސައްތަ މީހުންނަށް އެ ބަލި ޖެހޭނެކަމަށް ލަފާ ކުރެވޭކަމަށް އެ ގައުމުގެ ޗާންސެލާ އެންގެލާ މާކެލް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ބޮޑު އާބާދީއަކަށް ބަލިޖެހޭނެކަމަށް މާކެލް ވިދާޅުވެފައިވަނީ އެގައުމުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ މައުލޫމާތު މައްޗަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބާލިންގެ ކޮރޯނާވައިރަސްގެ ނޫސް ކޮންފަރެންސްގައި އެގައުމުގެ ހެލްތް މިނިސްޓަރު ޖެންސް ސްޕާން އާއެކު ވާހަކަދައްކަވަމުން މާކެލް ވިދާޅުވީ ސިއްހީ ނިޒާމަށް ބުރައެރުވުން މިވަގުތަށް މުހިންމު ނޫން ކަމަށެވެ.

އަދި ޔޫރަޕްގެ ހުރިހާ ގައުމަކުން ކޮވިޑް-19 ފެނިފައިވާތީ އެކަމުގެ ހިތާމަ ފާޅުކުރައްވާ މާކެލް ވަނީ ކޮވިޑް-19 ގެ އެންމެ ބޮޑު އަސަރެއް ކުރަމުންދާ އިޓަލީއަށް ހަމްދަރުދީގެ މެސެޖެއް ރައްދުކުރައްވާފައެވެ.

މާކެލް ވިދާޅުވީ ގައުމުތަކަށް މިވަގުތު އެންމެ އިސްކަމެއްދޭންވީ ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ ދިރާސާތަކަށް އެހީތެރިވުމަށް ކަމަށާއި، ޖަރުމަނުން ކޮވިޑް-19 އާއި ކުރިމަތިލާނީ ލާމަރުކަޒީކޮށް ކަމަށެވެ.

މީގެ އިތުރުން ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ކޮވިޑް-19 އާއި ގުޅިގެން ހާއްސަ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ

25 ސެޕްޓެމްބަރު 2017
ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު