Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޙާލު ރަނގަޅު: މަބްރޫކް

70 އަހަރުގެ މީހާގެ ޙާލު "ސްޓޭބަލް"

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2020 | ބުދަ 16:38
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޙާލު ރަނގަޅުކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 70 އަހަރުގެ މީހާގެ ޙާލު "ސްޓޭބަލް" ކަމަށާއި، އިތުރު މީހުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޙާލަތު އިތުރަށް ތަފްސީލް ކޮށްދެއްވައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި 70 އަހަރުގެ މީހާ ސްޓޭބަލް ކަމަށާއި، ނަމަވެސް އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައީ އޭނާއަކީ އުމުރުން ދުވަސްވީ މީހަކަށްވެފައި ފުއްޕާމޭގައި މައްސަލަތަކެއް ހުރުމުން "ކްރިޓިކަލް" ވެދާނެތީ ކަމަށެވެ.

އަދި އޭނާގެ ޙާލުވެސް ގާތުން ބަލަމުންދާކަމަށް ޑޮކްޓަރ މޫސާ ވިދާޅުވިއެވެ.

ޑޮކްޓަރ އިތުރަށް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި 10 މީހުންގެ ކެޕޭސިޓީ އެބަހުރި ކަމަށާއި، ނަމަވެސް ކޭސްތަކުގެ އަދަދު އިތުރުވެއްޖެ ޙާލަތެއްގައި އިތުރު ވަސީލަތްތައް ބޭނުން ކުރާނެ ކަމަށެވެ. އެގޮތުން ކޭސްތައް އިތުރުވާ މިންވަރަކުން އައިޖީއެމްއެޗްގެ މައި އައިސީޔޫވެސް ބޭނުން ކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު