Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: ކޮރޯނާގެ އައުޓްބްރޭކުން ޗައިނާ ސަލާމަތްވީ ކިހިނެއް؟

މަރޗް މަހުގެ 10 ވަނަ ދުވަހު ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 19 މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 މާރިޗު 2020 | އަންގާރަ 18:31
ޗައިނާގެ ރައީސް ވުހާން އަށް ވަޑައިގެން

ޗައިނާގެ ރައީސް ވުހާން އަށް ވަޑައިގެން

ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ކޮވިޑް-19 މަރޗް މަހުގެ 10 ވަނަ ދުވަސް ނިމެގެންދާއިރު މިވަނީ 115 ޤައުމަކުން ފެނިފައެވެ. އެއާއެކު އެންމެ ފުރަތަމަ މިވައިރަސް ފެނުނު ޗައިނާއިން ވައިރަސް ޖެހުނު މީހުންގެ ޢަދަދު މިވަނީ މަދުވާން ފަށާފަ އެވެ. މަރޗް މަހުގެ 10 ވަނަ ދުވަހަކީ ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން މިހާތަނަށް އެންމެ މަދު މީހުން މިވައިރަސް ޖެހިގެން ޗައިނާއިން ރިޕޯޓުކުރި ދުވަހެވެ. އެއީ 19 މީހުންނެވެ.

އޭގެކުރީ ދުވަހު ޗައިނާއިން މިވައިރަސް އަލަށް ޖެހުނުކަމަށް ރިޕޯޓުކޮށްފައިވަނީ 40 މީހުންނަށެވެ. ޗައިނާގެ ތެރޭގައި މިވައިރަސް ފާހަގަވާވަރަށް މަދުވެގެން ދިޔުމާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިވަނީ މިވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން އަށް ފުރަތަމަ ފަހަރަށް ވަޑައިގެން އެތާނގައި މަސައްކަތްކުރާ ޞިއްޙީ އެހީތެރިންނާއި ބައްދަލުކުރައްވާ އެމީހުންގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ. އެއީވެސް މިވައިރަސް ޗައިނާގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައިވާކަމުގެ ހެއްކެކެވެ.

ޗައިނާގައި ކޮވިޑް-19 ގެ މިހާރުގެ ހާލަތަކީ ކޮބާ؟

މަރޗް މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާއިރު ޗައިނާގައި ހޮންގ ކޮންގ އާއި، މަކާއޯ ހިމެނޭގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 80،860 މީހުންނެވެ. މިވައިރަސް ޖެހިގެން އެޤައުމުން މަރުވެފައިވަނީ 3،139 މީހުންނެވެ.

ޑިސެންބަރ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ޗައިނާގައި މިވައިރަސް ޖެހޭ މީހުންގެ ޢަދަދު ދިޔާއީ ފެބްރުއަރީ މަސް ފެށުމާ ހަމައަށް ކޮންޓްރޯލެއްނެތި މަތިވަމުންނެވެ. ނަމަވެސް ވައިރަސްއަށް ފަރުވާދިނުމުގައި ގެންގުޅެމުންދިޔަ އުޞޫލަށް ބަދަލު ގެނައުމާއެކު ވައިރަސް ފެތުރޭވަރު ކޮންޓްރޯލްވާން ފެށިއެވެ.

އެގޮތުން، ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މިވައިރަސްއަށް ޝައްކުކުރެވޭ އަލާމާތެއް ފެންނަ ހިސާބުން އެމީހަކު ޓެސްޓްކޮށް ނަތީޖާ ލިބުމުގެ ކުރިން އެމީހަކަށް ފަރުވާ ދޭންފެށިއެވެ. އޭގެ ނަތީޖާއަކަށް ވީ ފުރަތަމަކޮޅު އަލަށް ވައިރަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިޔުމެވެ. އެއީ އޭރު ޢަދަދުތައް ހާމަކުރަމުންދިޔައިރު ހާމަކުރަމުންދިޔައީ އެމީހުންވެސް ހިމަނައިގެން ކަމަށްވާތީ އެވެ. ނަމަވެސް އޭގެފަހުން ވައިރަސް ޖެހޭ މީހުންގެ ޢަދަދު ދަށަށްދާން ފެށިއެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފެށުން:

ފާއިތުވި ހަފުތާތަކަށް ބަލާލާއިރު ޗައިނާގައި ވައިރަސް ޖެހިގެން ދުވާލެއްގެ މައްޗަށް 2000 މީހުން ރިޕޯޓުކޮށްފައިވެ އެވެ. ޗައިނާގައި މިވައިރަސް ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު މުޅި ޤައުމު ވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަންފެށިއެވެ. އަވަސް ކަމާއެކު އެކަމަށް އެޅި ފިޔަވަޅުތަކަކީ މިއަދުގެ ޙާލަތައް ޗައިނާ ދިޔުމުގެ މައިގަނޑު ސަބަބެވެ.

ފުރަތަމަ ވުހާންގައި ވައިރަސްޖެހޭ މީހުންނަށް ޚާއްޞަކޮށްގެން ދެ ހޮސްޕިޓަލެއް އެޅިއެވެ. ޢާންމުކޮށް ޚިދުމަތް ދެމުންގެންދިޔަ ހޮސްޕިޓަލްތައް މިކަމަށްޓަކައި ޚާއްޞަކުރިއެވެ. އަދި މިހޮސްޕިޓަލްތައް އޮންލައިން ޕްލެޓް ފޯމްތަކަށް ބަދަލުކޮށް ވަގުތުން ވަގުތަށް މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ މަޢުލޫމާތު ހޯދާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށިއެވެ. އަދި އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެމަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށް ދެމުންދިޔަ އެވެ. އޭގެތެރޭގައި ދުރުގައިވާ ހިސާބުތަކުގައި ދިރިއުޅޭ މީހުންވެސް ހިމެނޭގޮތަށް ވައިރަސް ޖެހޭނެހެން ހީވާ އެންމެންގެ މަޢުލޫމާތު ހޯދަން ފެށި އެވެ.

މީގެއިތުރުން ޓެކްނޮލޮޖީވެސް ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ވީޗެޓް މެދުވެރިކޮށް ވައިރަސް ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްކުރިއެވެ. އަދި ޗައިނާގެ ތެރޭގައި އަޅާފައިވާ ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާތޯ ޔަޤީންކުރި އެވެ. ބޮޑެތި އިވެންޓްތައް ކެންސަލްކޮށް ވިޔަފާރިތައް ހުއްޓުމަކަށް ގެނައެވެ. އެއާއެކު ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤުތިޞާދު ހުއްޓުމަކަށް އައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިންވެސް ވަނީ ވައިރަސް އިން ސަލާމަތްވުމަށް ޗައިނާއިން އަޅަމުންދިޔަ ފިޔަވަޅުތަކަށް ތަޢުރީފު ކޮށްފައެވެ. ފެބްރުއަރީ މަހު ޑަބްލިޔުއެޗްއޯގެ ފަންނީ މާހިރުންގެ ޓީމަކުން ޗައިނާއަށް ގޮސް އެކުލަވާލި ރިޕޯޓުގައިވެސް ޗައިނާއިން މިވައިރަސް އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބޭހޭގޮތުން ނުވަތަ ޗައިނާގެ ތަޖުރިބާއަށް އަލިއަޅުވާލާފައިއެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވަމުން ދިޔުން:

ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގޮތްނޭންގޭ މިވައިރަސް އިން ސަލާމަތްވުމަށް ޗައިނާއިން ވަނީ މިހާތަނަށް ޤައުމަކުން ނާޅާހާ ވަރުގަދަ، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ޗައިނާގައި މިވައިރަސް އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ޓެމްޕަރޭޗަރ ބެލުމާއި، މާސްކް އެޅުމާއި، އަތް ދޮވުމަކީ މިހާރު މުޅި ދުނިޔޭގައިވެސް މިވައިރަސް އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ.

ހަމައެއާއެކު ވައިރަސް ފެތުރެން ފެށުމާއެކު ވައިރަސްއިން ރައްކާތެރިވުމަށް ކޮށްފައިވާ ދިރާސާތަކާއި ވައިރަސްޖެހިފައިވާ މީހުން ރަނގަޅުކުރުމަށް ބޭނުންކުރި ގޮތްގޮތަކީ މީހުންނަށް އޭގެން ނޭދެވޭ އަސަރުކޮށްފާނެ ކަންކަންކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ވައިރަސް އިން ރައްކާތެރިވުމަށް ޕްރޮވިންޝަލް ލެވެލްގަޔާއި މުޖުތަމަޢުގެ ލެވެލްގައި އަދި ޤައުމީ ލެވެލްގައި އަޅާފައިވާ ފިޔަވަޅުތަކަކީ ވައިރަސް ފެތުރޭ ގޮތާއި، ޤައުމުގައި ހުރި ވަޞީލަތްތަކަށް ބަލައިގެން އަޅާފައިވާ ވަކިވަކި ފިޔަަވަޅުތަކެއްކަން ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.

މިފިޔަވަޅުތައް ކާމިޔާބު ވަމުންދިޔުމާއެކު ޗައިނާ މަޑުމަޑުން މިވައިރަސް އިން ސަލާމަތްވާން ފެށިއެވެ. އަދި ސްކޫލްތައް ހުޅުވަން ފަށާ މަސައްކަތަކަށް މީހުން މަޑުމަޑުން ނިކުންނަށް ފެށިއެވެ. އަދި މިކަމަށްޓަކައި ޤާއިމުކުރި ހޮސްޕިޓަލްތައް ބަންދުކޮށް ޢާންމު ދިރިއުޅުމަށް ރުޖޫޢަވާން ފެށިއެވެ.

އުފެއްދުންތައް އުފެއްދުމުގެ މަސައްކަތްފަށާ ލިބިފައި ހުރި އޯޑަރުތަކަށް ތަކެތި އުފައްދަން ފެށިއެވެ. އެއާއެކު ޗައިނާގެ ސްޓޮކް މާކެޓް މަޑުމަޑުން ރަނގަޅުވާން ފެށިއެވެ.

ޗައިނާގެ ރައީސް ވުހާން އަށް ވަޑައިގަތުން:

ވައިރަސް ޖެހިދާނެކަމުގެ ބިރަށް ބައެއް ޤައުމުތަކުގެ އިސްވެރިން ޢާންމު ތަންތަނަށް ވަޑައެއް ނުގަންނަވައެވެ. އެގޮތުން އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާގައި ފާހަގަކުރަމުންދާ ހޯލީގެ ޙަރަކާތްތަކުގައި ބައިވެރިވަޑައިނުގަންނަވާނެކަން ހާމަކުރައްވާފަ އެވެ.

ޗައިނާގެ ރައީސް ވުހާން ސިޓީއަށް ވަޑައިގެން އެތާނގެ އިސްސަފުގައި މަސައްކަތްކުރި މީހުންނާ ބައްދަލުކުރައްވާ، އެމީހުންނަށް ތަޢުރީކޮށްފައި މިވަނީ ވައިރަސްއިން ސަލާމަތްވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ލިބުނު ހިސާބުންނެވެ. ޗައިނާގެ ރައީސް ކުރިން ވުހާން ސިޓީން ވަޑައިނުގަންނެވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް އޭރު ވަޑައިގެންފިނަމަ މިވައިރަސް ޖެހުމުގެ ފުރުޞަތު ބޮޑުވުންކަަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ނަމަވެސް މިހާރު ޝީ ވުހާން އަށް ޒިޔާރަތްކުރެއްވުމަކީ ވައިރަސް އާ ދެކޮޅަށް ޗައިނާއަށް ކާމިޔާބު ލިބުނުކަން އިޢުލާންކުރެއްވުމުގެ ކޮޅުމަތިކަމަށް ބައެއް ފަރާތްތަކުުން ދެކެއެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޗައިނާގައި މިވައިރަސް ހަލުވިމިނުގައި ފެތުރެން ދިމާވި މައިގަނޑު ސަބަބަކީ ވައިރަސް އާ ދޭތެރޭ ޗައިނާއިން ކުރީކޮޅު ސީރިއަސް ނުވުމެވެ. އޭގެސަބަބުން މިކަމަށް ސަމާލުކަން ނުދެވި ދިޔުމާއި މަޢުލޫމާތު އެކަށީގެންވާވަރަށް ފޯރުކޮށް ނުދެވުމަކީ މިކަމުގެ މައިގަނޑު ސަބަބުކަމަށް އެފަރާތްތަކުން ދެކެއެވެ. ނަމަވެސް ވައިރަސް ކޮންޓްރޯލްކުރުމަށް މުޅި ވުހާން ސިޓީއާއި ހޫބޭ ޕްރޮވިންސް އެއްކޮށް ބަންދުކުރުމަކީ މިވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާއިން އެޅި އެންމެ މުހިންމު ފިޔަވަޅުގެ ގޮތުގައި މިކަން ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ \"ފަށުވި މަގު\" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

ޚާރިޖީ ސިޔާސަތު: ޗައިނާއަށް ނުއަގުގައި ވިއްކާ މުދާގަނޑެއް

31 ޑިސެމްބަރު 2017
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!

ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!

13 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު