Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ޗެންނާއީއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން: ސެކުލޮސްކީ

އޭއެފްސީ ކަޕްގެ ކޮންމެ މެޗަކަށް ވެސް މާޒިޔާއިން ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 މާރިޗު 2020 | އަންގާރަ 14:28
މާޒިޔާގެ ކޯޗު ސެކުލޮސްކީ

މާޒިޔާގެ ކޯޗު ސެކުލޮސްކީ

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ ޗެންނާއީ އެފްސީ އާއި ދެކޮޅަށް ބުދަ ދުވަހު ހަވީރު ނުކުންނައިރު މާޒިޔާއިން މި މެޗަށް ނުކުންނާނީ މޮޅުވާން ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

ޗެންނާއީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ސެކުލޮސްކީ ބުނީ އޭއެފްސީ ކަޕްގެ ކޮންމެ މެޗަކަށް ވެސް މާޒިޔާއިން ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި އެގޮތުން މާޒިޔާއިން ޗެންނާއީއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން ކަމަށް ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ އިތުރަށް ބުނީ މި މެޗަށް ނުކުންނައިރު މާޒިޔާއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަކީ އިންޑިއާގެ ޓީމެއް ކަމުގައިވާ ބެންގަލޫރު ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގައެއް ލިބުން ކަމަށާއި ނަމަވެސް އެ މެޗުގެ އެއްވެސް ފައިދާއެއް މި މެޗަކުން ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އިރުފާން (އިރޭ) ބުނީ މި މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އިންޑިއާގައި ކުރި ފަރިތަކުރުންތަކަށް ފަހު ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކީ މި މެޗުން މޮޅުވެ އެނބުރި ގައުމަށް ދިޔުން ކަމަށެވެ.

ޕްލޭއޮފްގައި އިންޑިއަން ސުޕަރ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދާ، ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވިއިރު، ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރާނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

ގްރޫޕް ސްޓޭޖާ މާޒިޔާ އިން ކުރިމަތިލާއިރު، މާޒިޔާއިން ވަނީ އެޓީމުގެ ސްކޮޑުގައި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނަ) ހިމަނާފައެވެ. ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ކިތުނަ މާޒިޔާއަށް ގެނައި އެއް ސަބަބަކީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ، ކުޅުމާއި ދުރަށް ދާން ޖެހުމުންނެވެ. އަސަދުﷲ އަށް އަނިޔާވީ އޭއެފްސީ ކަޕް ޕްލޭއޮފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.

ގްރޫޕް ސްޓޭޖުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު