Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހާގެ މައްސަލައިގައި ކުރެއްދޫއިން އިހުމާލުވެފައިވޭތޯ ބަލަނީ!

އޭނާ ބަލިވެގެން އެ ރިސޯޓުގެ ޑޮކްޓަރަށް ދެއްކި ކަމަށް މައުލޫމާތު ލިބޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 9 މާރިޗު 2020 | ހޯމަ 11:34
ކުރެއްދޫ އައިލެންޑް ރިސޯޓް

ކުރެއްދޫ އައިލެންޑް ރިސޯޓް

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިޓަލީ ފަތުރުވެރިޔާގެ މައްސަލައިގައި އެ ރިސޯޓުން އިހުމާލުވެފައިވޭތޯ ބަލަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ. އެގޮތުން އެ ފަތުރުވެރިޔާއަށް ނުފުރިގެން މާލެ އައިސް ދެ ދުވަސް ހޭދަކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަަމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ އެ ރިސޯޓުގައި ހުއްޓާ ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. ވައިރަސް ހުރިތޯ ޓެސްޓްކުރި މީހުންގެ ތެރޭގައި ޑޮކްޓަރުވެސް ހިމެނެއެވެ. އަދި އެންމެ ފުރަތަމަ ރާއްޖެއިން ޕޮޒިޓިވްވީ ދެ މީހުންނަކީވެސް އެ ރިސޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.

ފަތުރުވެރިޔާ މާލެ އައުމަށްފަހު، ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓެލުގެ 15 މީހަކު ސެލްފް އައިސޮލޭޓް ވުމަށް ވަނީ އަންގާފައެވެ. އަދި އޭނާގެ ޓިކެޓު ބަދަލުކުރަން ދިޔަ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ އެއް މުވައްޒަފަކު ސެލްފް އައިސޮލޭޓް ވުމަށް އެނގުމަށްފަހު، ބަލީގެ އަލާމާތްތަކެއް ފެނިގެން އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.

ސަރުކާރުން މީގެ މަހެއްހާ ދުވަސްކުރިން، މިކަމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީ އަދި ބައްޔަށް ޝައްކުކުރެވޭ މީހަކު ހުރެއްޖެނަމަ ކަންކުރާނެ އުސޫލުތައް ވަނީ ކަނޑައަޅާ އާންމުކޮށްފައެވެ. އަދި ސަރުކާރުން އެކި ފަހަރު މަތިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ، މި ވައިރަހާ ގުޅިގެން ގޮތް ނިންމުމުގައި އަދި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްއޫލުވެރިންނާ ވަރަށް ގާތުން މަޝްވަރާކުރެވިފައިވާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އާންމުކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު، އެ ރިސޯޓު އޮތީ ލޮކްޑައުންގައެވެ. އަދި 1427 މީހުން އެ ރަށުގައި ތިބިއިރު، އޭގެ ތެރޭގައި 699 ފަތުރުވެރިން ހިމެނެއެވެ. ފަތުރުވެރިންގެ ތެރޭގައި 4 ދިވެއްސަކު ހިމެނެއެވެ. ބާކީތިބީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، 93 މީހަކު އައިސޮލޭޓް ކުރެވިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު