Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރްއެމް

މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުންގެންދޭ: އެމްއާރްއެމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1983 ވަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 މާރިޗު 2020 | އާދީއްތަ 21:19
އެމްއާރްއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސެދެމުން ގެންދާކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުން ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި 33 އިންސައްތަ އަންހެން މިނިސްޓަރުން ހިމެނުމާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމާއި، ވިހެއުމުން ލިބޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރު ކުރުމުގެ އިތުރުން، ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން އެއްމަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމި ނިންމުން އެމްއާރްއެމް އިން ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އެމްއާރްއެމްގެ ބަޔާނުގައި ބުނީ، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ އަންހެނުންގެ އިންސާނީ ކަރާމާތާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، އަންހެނުންނާއި ފިރިހެނުންނަށް އެއްހަމައެއްގައި ފުރުޞަތުތަކަށް ވާސިލްވެ އެފުރުޞަތުތަކުގެ ބޭނުންކުރެވޭނެގޮތް މަގުފަހިކުރުން ކަމަށެވެ.

އަންހެނުންނަށް ޙައްޤުވާ މަޤާމު ހޯދާދެވޭނީ ހުރިހާ ދާއިރާއަކުންވެސް ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ހޯދައިދީ، ގަދަރުވެރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވުމުންކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނީ، މިކަމަށް މަސައްކަތް ކުރުމަކީ ދަޢުލަތުގެ އެއްމެހާ މުއައްސަސާތަކާއި، ޤައުމުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.

އޭގެ އިތުރުން, ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް ބަޔާންކޮށްފައިވާ ޤާނޫނުތައް އެދެވިގެންވާ މިންވަރަކަށް އެބަހުރިކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނީ، ޤާނޫނާއި ސިޔާސަތު އެކުލެވިގެން ދިޔަނަމަވެސް އެ ތަންފީޒު ކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެގޮތުން މުޖުތަމަޢުގެ ވިސްނުން ބައްޓަންވެފައިވާ ގޮތުން އާއިލާ ބެލެހެއްޓުމުގެ ބޮޑުޒިންމާ އަދާކުރަނީ އަންހެނުން ކަމަށާއި، އަންހެނުންނަށް މި ޒިންމާތަކުން ލުޔެއް ލިބޭފަދަ ސިޔާސަތުތަކާއި އެދެވިގެންވާ ހައްލުތަކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނީ، ދިރިއުޅުމުގެ ޒިންމާއަދާ ކުރުމުގައި ވަކި ކަންތައްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ނުވަތަ ފިރިހެނުން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރާ ސަޤާފަތް ބަދަލުކުރުމަށް، ދެ ޖިންސުގެ ކުދިންނަށްވެސް ކުޑައިރުން ފެށިގެން ހުރިހާ ޒިންމާއެއް އަދާކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު