Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަންހެނުންގެ ދުވަސް

ދިވެހި ޚާރިޖިއްޔާ: ގޮތް ނިންމުމުގަ، ބަސްބުނުމުގަ އަންހެނުން!

ރާއްޖޭގައި އެންމެ އިސް ސަފުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްކުރާ ބަޔަކީ އަންހެނުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 މާރިޗު 2020 | އާދީއްތަ 13:30
ރާއްޖެ ބޭރުންގައި ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިހުގައި މިނިސްޓްރީގެ އަންހެނުންގެ ޓީމެއް ބައިވެރިވަނީ

ރާއްޖެ ބޭރުންގައި ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިހުގައި މިނިސްޓްރީގެ އަންހެނުންގެ ޓީމެއް ބައިވެރިވަނީ

ސިޔާސީ އަދި އިޖްތިމާޢީ ދާއިރާއިން ބެލިނަމަވެސް ރާއްޖޭގައި އެންމެ އިސް ސަފުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްކުރާ ބަޔަކީ އަންހެނުންނެވެ.

ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ނަމުނާއެކެވެ. އެހެންނަމަވެސް ގިރާކުރަންޖެހޭ ހުރަސްތައް އަދިވެސް ބައިވަރެވެ. މިހާރު ހޯދިފައިވާ ކާމިޔާބީން ހިތްވަރު ލިބި، އަންހެނުންގެ ހައްޤުތައް ޙިމާޔަތްކުރާ އަދި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދޭ ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މިސާލަކަށް ރާއްޖެއަށް ވެވިދާނެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ބަލާލާއިރު، ގިނަ ޢަދަދެއްގެ އަންހެނުން އެބަތިއްބެވެ. އަދި ސަރުކާރު ބައެއް ވުޒާރާތަކަށް ބަލާލާއިރުވެސް، ބަސް ބުނުމާއި ސިޔާސަތު ކަނޑައަޅާ ހިސާބުގައި އިސްދައުރެއް އަންހެނުން އަދާކުރާ އޮފީސްތައް އެބަހުއްޓެވެ. މީގެތެރެއިން އެއް މިސާލަކީ ފޮރިން މިނިސްޓްރީއެވެ.

ޚާރިޖިއްޔާގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނަށް ބަލާލާއިރު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ނިއުޔޯކް މިޝަންއާއި، ޖެނީވާ މިޝަންގައި ތިއްބަވާ ދާއިމީ މަންދޫބުންނާއި، ދާއިމީ މަންދޫބުންގެ ނައިބުންގެ ގޮތުގައިވެސް ތިއްބެވީ މުޅިންވެސް އަންހެން ބޭފުޅުންނެވެ.

ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ ބައްދަލުވުންތަކުގައިވެސް ރާއްޖޭގެ ވަފްދުގައި ގިނައިން އަންހެން ބޭފުޅުން ހިމެނިގެން ދިއުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ތަޢުރީފު ރާއްޖެއަށް ލިބޭ ކަމެކެވެ. މީގެ އެއް މިސާލަކީ ނިމިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ރައިޒީނާ ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަރިހުގައި ބައިވެރިވި ވަފުދެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިއޮތް ގާތް ގުޅުން ބެލެހެއްޓުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އެހީތެރިވުމަށް އޮތީ އަންހެން ބޭފުޅުން ލީޑުކުރައްވާ ޓީމެކެވެ. އޭރު އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ހުންނެވީ ހުންނެވީ މިހާރުގެ ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީއެވެ.

އަދި ސަފީރުގެ ނައިބުގެ އިތުރުން ފޮރިން މިނިސްޓްރީގައި އިންޑިއާއާއި ގުޅުންހުރި ކަންކަން ބަލަހައްޓަވަން އެންމެ އިސްކޮށް ހުންނަވަނީވެސް އަންހެން ބޭފުޅެކެވެ. ރާއްޖެއާއި އެހެން ޤައުމު ތަކާއި އޮންނަ ގުޅުން ބެލެހެއްޓުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރައްވަނީ އަންހެން ބޭފުޅުންނެވެ.

މިއަދު ފާހަގަ ކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ އަދި އަންހެނުންގެ ބައިވެރިވުން ހިމެނޭ ފޮރިން ސަރވިސް އެއްގެ ތެރެއިން ކުޅަދާނަ އެތައް ޑިޕްލޮމޭޓުންނެއް އުފެދިފައިވާ ކަމަށެވެ. އަދި ޚާރިޖީ ދާއިރާގައި ހިމެނޭ އަންހެން ބޭފުޅުންނާމެދު ރާއްޖެއިން ފަޚުރުވެރިވާ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ޓްވީޓަށް ޖަވާބުދެއްވާ ، މިނިސްޓަރ ވާހަކަފުޅަށް އިތުރަށް ބާރެއް ދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައޅާފައި ހުންނަވާ ސަފީރު ކޮރެން ރޮސްލާ އެވެ. އެކަމަނާ ވިދާޅުވީ ދިވެހި ޚާރިޖީ ވުޒާރާއާއި، ވުޒާރާގެ ދަށުން ރާއްޖެއިން ބޭރުގައި ހިންގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ކުޅާދާނަ ޤާބިލު އަންހެން ބޭފުޅުން ތިއްބެވި ކަމަށެވެ. އަދި އެކަމުގެ ފައިދާ އެންމެންނަށް ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު