Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްގާނިސްތާން

އަފްގާންގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބައިވެރިވި ހަފްލާއަކަށް ދިން ހަމަލާއެއްގައި 32 މީހުން މަރުވެއްޖެ

32 މީހުން މަރުވި އިރު 58 މީހަކު ޒަހަމްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 މާރިޗު 2020 | ހޮނިހިރު 12:48
އަފްގާންގެ ހަމަލާއާއި ގުޅިގެން ސަލާމާތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަފްގާންގެ ހަމަލާއާއި ގުޅިގެން ސަލާމާތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަފްގާންގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބައިވެރިވި ހަފްލާއަކަށް ދިން ހަމަލާއެއްގައި 32 މީހުން މަރުވެ 58 މީހަކު ޒަހަމްވެއްޖެއެވެ.

މި ހަމަލާދީފައިވަނީ ބަޑި ހިފައިގެން ހުރި މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ކާބުލްގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ވަހީދުއްﷲ މާޔާ ވަނީ ވިދާޅުވެފައެވެ.

މި ހަމަލާއާއި ގުޅިގެން ރައްދު ހަމަލާއެއްގެ ގޮތުން އަފްގާންގެ ސްޕެޝަން ފޯސްއިން ވަނީ މި ހަމަލާ ދިން ތިން މީހަކު މަރާލާފައެވެ. އަދި އޭގެ ތެރޭގައި މިކަމުގައި އިސްކޮށް ހުރި މީހާ ވެސް މަރުވެފައިވާ ކަމަށް ދާހިލީ ވުޒާރާގެ ތަރުޖަމާނު ނަސްރަތު ރަހިމީ ވަނީ ވިދާޅުވެފައެވެ. އެނގިފައިވާ ގޮތުގައި މި ހަމަލާ ދިން މީހުން ބަޑިޖަހާފައިވަނީ އުސް އިމާރާތެއްގެ މަތީގައި ތިބިގެންނެވެ.

މި ހަފްލާއަކީ ތާލިބާންގެ ހަނގުރާމަވެރިން 1995 ގައި މަރާލާފައިވާ އެ ގައުމުގެ ސިޔާސީ ލީޑަރު އަބްދުލް އަލީ މަޒާރީގެ ހަނދާނުގައި ބޭއްވި ތައުބީންގެ ހަފްލާއެކެވެ. މިދިޔަ އަހަރުގައި ވެސް ބޭއްވި މި ހަފްލައަށް ހަމަލާދީފައިވެއެވެ.

ކާބުލްގެ ތަރުޖަމާނު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހަމަލާގެ ޒިންމާ ތާލިބާނުން އުފުލާފައި ނުވާ ކަމަށެވެ. ނަމަވެސް މި ހަމަލަގެ ފަހަތުގައި ވަނީ ކާކުކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އޭނާ ވިދާޅުވީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަމުންދާނެ ކަމަށާއި، މިކަމާއި ގުޅިގެން އަފްގާނިސްތާނުގެ ރައްޔިތުންނަށް ސާފު ޖަވާބުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އެއްވެސް ބައެއްގެ ބޮލުގައި އިލްޒާމެއް އަޅުއްވަން ބޭނުން ނުވާ ކަމަށާއި، ސަލާމަތީ ބާރުތަކުން އަދި މިހާތަނަށް ހާދިސާގެ މާ ބޮޑު މައުލޫމާތުތަކެއް ހާމަކޮށްފައި ނުވާ ކަމަށެވެ. ނަމެވެސް މިކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަމާއި އަދި ހަމަލާދިނީ ކޮންބައެއްކަން ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތާލިބާނާއި އެމެރިކާއިން އެއްބަސްވުމެއްގައި ސޮއިކުރި ފަހުން ދިން ފުރަތަމަ ހަމަލާއެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހު ގަތަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ތާރީހީ އެއްބަސްވުމުގައި ވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ބޭލުމަށެވެ. މިއީ، މިފަހުން އެމެރިކާގެ އަސްކަރީ ފައުޖުތަކެއް އެމެރިކާއިން ބޭރުގައި ތިބެގެން މިހާ ގިނަ ދުވަހު ހަނގުރާމަ ކޮށްފައިވާ ފަހަރެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކުރިޔަށްގެންދިޔަ ގަތަރުގެ ދޯހާގައެވެ.

މި އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، އަފްޣާނިސްތާނުގެ ރީކައުންސިލިއޭޝަން އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ޚާއްޞަ މަންދޫބު ޒަލްމޭ ޚާލިޒަދް އެވެ. އަދި މިއީ ޠާލިބާނާއި، އެމެރިކާ އާ ދެމެދު ކުރިޔަށްދިޔަ ވާހަކަތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތްވެސް މެއެވެ. މި އެއްބަސްވުމުގައި ޠާލިބާންގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ޖަމާޢަތުން އެންމެ އިސްކޮށް މި ވާހަކަތައް ދެއްކުމުގައި އުޅުއްވި މުއްލާ އަބްދުލްޣަނީއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ޠާލިބާން ޖަމާޢަތުގެ ލީޑަރުން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި ޠާލިބާނުންވެސް ކަންތައްތަކެއް ކުރުމަށް ޖެހެއެވެ. އެގޮތުން ދާއިމީގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުންވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. އެއްބަސްވުން ބުނާގޮތުން 14 މަސްދުވަހުގެ މުއްދަތެއް ވަނީ އެމެރިކާގެ ފައުޖުތަކާއި، އެ ޤައުމާ ގުޅިފައިވާ އެހެން ޤައުމުތަކުގެ އަސްކަރީ ފައުޖުތަކާއި، ނޮން ޑިޕްލޮމެޓިކް މީހުންނާއި، ޢާންމުންނާއި، ޕްރައިވެޓް ސެކިޔުރިޓީންނާއި، ޓްރެއިނަރުންނާއި، އެޑްވައިޒަރުންނާއި، ސަޕޯޓިން ޚިދުމަތްތައް ދޭ މީހުން އަފްޣާނިސްތާނުން ބޭލުމަށް ދީފައެވެ. އަދި ފުރަތަމަ 135 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި 8600 ސިފައިން އެ ޤައުމުން ބާލާނެއެވެ.

ހަތަރު ޞަފުޙާގެ މި އެއްބަސްވުން ބުނާގޮތުން އަފްޣާނިސްތާނުގެ ބިމުގައި އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ އެއްވެސް ޤައުމަކަށް ނުރައްކާކުރުމުގެ އެއްވެސް ފުރުޞަތެއް ޠާލިބާނުން ދީގެންނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ޠާލިބާނުން އެޖަމާޢަތުގެ ހުރިހާ މެންބަރުންނަށާއި، އެމީހުންނަށް ވާގިވެރިވާ އެންމެންނަށް އަންގަންޖެހޭއިރު އެފަދަ އެއްވެސް ބަޔަކަށް ޠާލިބާނުން ވާގިވެރިވެގެންވެސް ނުވާނެކަމަށް މިއެއްބަސްވުމުގައި ބުނެފައިވެއެވެ. މީގެއިތުރުން އެމެރިކާ އާ ދެކޮޅަށް ޙަމަލާދިނުމަށް މީހުން ތަމްރީނުކުރުމާއި، ފައިސާ އެއްކުރުމާއި، އެފަދަ މީހުން ރެކްރޫޓްކުރުމުގެ އެއްވެސް ކަމެއް ޠާލިބާނުން ކޮށްގެން ނުވާނެކަމަށް މިއެއްބަސްވުމުގައި ބުނެފައިވެއެވެ.

އެމެރިކާ އިން އަފްޣާނިސްތާނަށް އެރީ ސެޕްޓެންބަރު 2001 ގައި އަލްޤައިދާ އިން ނިއު ޔޯކަށް ދިން ޓެރަރިސްޓް ޙަމަލާ އަށް ފަހުއެވެ. އަފްޣާން ހަނގުރާމައިގައި އެމެރިކާގެ 2،400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ. އެމެރިކާގެ 12،000 އަށް ވުރެ ގިނަ ސިފައިން އަފްޣާނިސްތާނުގައި މިހާރު ވެސް ޙަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު