Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަފުށި ބްރިޖް

މާލެ، ތިލަފުށި ބްރިޖް އަޅަނީ އިންޑިއާގެ އެހީގައި

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމަކީ މި ސަރުކާރުގެ ވައުދެއް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 5 މާރިޗު 2020 | ބުރާސްފަތި 10:37
ބްރިޖްގެ ޑިޒައިން މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބްރިޖްގެ ޑިޒައިން މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަޅަން ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން އެވެ. އަކްރަމް ވިދާޅުވީ، ބްރިޖް އަޅަން ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކަމަށެވެ. އޭނާ ވިދާޅުވީ، އަގު ސީދާ ފައިނަލް ނުވާ ކަމަށާއި، އެހެން ނަމަވެސް އެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.

Advertisement - newsAdvertisement

"ސީދާ އަގު އަދި ފައިނަލް ނުވޭ. އެކަމަކު އެއާ ބެހޭ އެހެން ނެގޯޝިއޭޝަންތައް އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ކުރިޔަށް އެބަދޭ" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ބްރިޖްގެ ޕްރީކޮލިފިކޭޝަން އިންޑިއާގައި ކުރިއަށްދާނެ ކަމަށެވެ. އަދި ކުންފުނިތައް ޝޯޓްލިސްޓުކޮށް ޓެންޑަރ ކުރުމުގެ މަސައްކަތްވެސް ޖުލައި މަހު ކުރިޔަށްދާނެއެވެ. ބްރިޖަަށް އިންޑިއާ ސަރުކާރުން ދޭނީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމަށް އަދި ޔަގީންނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ، ބުރާސްފަތި ދުވަހު ބްރިޖްގެ މެރައިން ޖިއޯ ފިޒިކަލް ސަރވޭ އާއި ލޭންޑް ޖިއޯ ޕިޒިކަލް ސަރވޭ ހަދަން ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ސަރވޭ ހަވާލުކޮށްފައިވަނީ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ތިލަފުށީ ބްރިޖްގެ ޑިޒައިން މައްސައްކަތަކީ 15 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.

އެ ސަރވޭ މި މަހުގެ 15 ފަށައި، ޖުލައި މަހުގެ ހަތެއްގައި ނިންމާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ބުރިޖް އެޅުމުގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި 411 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ތިލަފުށި ބްރިޖަކީ މިސަރުކާރުން ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު