Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބޮޑު ބިޔަ މަޝްރޫއު ތަކަކާއެކު އެފްއޭއެމް ހައުސް 20 ބުރިއަށް

އެފްއޭއެމް ހައުސް ވިހި ބުރިއަށް އިމާރާތް ކުރަނީ

އަތޫފް އާތިފް
އަތޫފް އާތިފް | 2 މާރިޗު 2020 | ހޯމަ 12:50
އެފްއޭއެމް ހައުސްގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެފްއޭއެމް ހައުސްގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އިދާރާގެ މައި އޮފީސް 20 ބުރިއަށް އެޅުމަށް ސައުތު ކޮރެޔާގެ ސްކައި ވިންޑް ކުންފުންޔާއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެފްއޭއެމް ހައުސްގައި ހޯމަ ދުވަހު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސްކައި ވިންޑް ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން ޕާރކް ޗެންޔޮންގް އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބޮޑު ތިން މަޝްރޫއެއް ފެށިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރުމާއި ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާރޓިފިޝަލް ވިނަ ދަނޑު އެޅުން ހިމެނޭކަމަށެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރެވޭއިރު އިމަރާތުގެ ގިނަ ފަންގިފިލާތައް ބޭނުން ކުރެވޭނީ ފުޓުބޯޅައަށް ހަރަދު ކުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ ހިއްކި ބިން ސަރަހައްދުގައި އެޅޭ ހަތަރު ބުރީގެ އިންޑޯ ފުޓުސަލް އިމާރާތުގެ އެއް ފަންގިފިލާގައި އިންޓަރނޭޝަނަލް ފުޓުސަލް މުބާރާތެއް ބޭއްވޭނެ ވަރަށް ތަރައްގީކުރެވޭނެ ކަމަށެވެ. އެފްއޭއެމްގެ އަމާޒަކީ ފުޓުސަލް ލީގެއް ރާއްޖޭގައި ފެށުން ކަމަށާއި، ފުޓުބޯޅަ އާއި ފުޓުސަލް އެކުވެފައި އޮންނަ އޮތުން މި އިމާރާތުގެ ސަބަބުން ބަދަލުވެގެން ދާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާޓީފިޝަލް ވިނައިގެ ފުޓުބޯޅަ ދަނޑުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ވިނަ 20 ދަނޑު އެޅުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. ބައްސާމް ވިދާޅުވީ އަތޮޅުތެރޭގައި އެޅޭ ދަނޑުތައް ނިންމަވާނީ ސަރުކާރާއި މަޝްވަރާ ކޮށްގެން ކަމަށެވެ.

އެފްއޭއެމްގެ ވިސްނުމަކީ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާ ކުރުން ކަމަށާއި އަދި މި ފެށޭ ތިން ޕްރޮޖެކްޓްގެ ސަބަބުން މި ހުވަފެނުގައި ކުލަޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. އަދި ކޮރެޔާގެ ސްކައި ވިންޑް އެކު ކުރެވޭ މަސައްކަތްތަކުގެ ވިސްނުން ހުރި ގޮތް އޭޕްރީލް 18 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އެވޯޑް ހަފްލާގައި އިއުލާން ކުރާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު