Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްގާން ހަނގުރާމަ

ޖަލުތަކުގައި ތިބި ތާލިބާނު ކުއްވެރިން ދޫކުރަން ޢަނީ ދެކޮޅުހައްދަވައިފި

1 މާރިޗު 2020 | އާދީއްތަ 13:49

އަފްގާނިސްތާނުން އެއްވެސް އިރެއްގައި މިކަމަށް އެއްބަސްވެފައެއް ނުވާނެ: ޢަނީ

އަމަން ހަލީމް
އަމަން ހަލީމް | 1 މާރިޗު 2020 | އާދީއްތަ 13:49
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ

ތާލިބާނުންނާ އެމެރިކާއާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އަފްގާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާން ޖަމާއަތަށް ނިސްބަތްވާ ކުއްވެރިން ދޫކުރުމަށް އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ ދެކޮޅުހައްދަވައިފިއެވެ.

މިހާރު ވެފައިވާ ސުލްހައިގެ އެއްވަސްވުމުގައިވާ ގޮތުންނަމަ، އަފްގާނިސްތާނު ސަރުކާރާއެކު މަޝްވަރާތައް ފެށުމުގެ ކުރިން ޖަލުތަކުގައި ތިބި 5000 އަށް ވުރެ ގިނަ ކުއްވެރިން ދޫކުރުމަށް ތާލިބާނުން ވަނީ ޝަރުތުކޮށްފައެވެ. އަދި މިކަމަށް އެމެރިކާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޢަނީ ވިދާޅުވީ، ތާލިބާނުންގެ 5000 ކުއްވެރިން ދޫކުރަން އެއްވެސް އިރެއްގައި އަފްގާނިސްތާނު ސަރުކާރުން އެއްބަސްވެފައި ނުވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރިތާ 24 ގަޑިއިރު ނުވަނީހެވެ.

އިތުރަށް ޢަނީ ވިދާޅުވީ، ކުއްވެރިން ދޫކުރަން އެމެރިކާ ސަރުކާރުން އެއްބަސްވީ ކަމުގައިވީ ނަމަވެސް، އެއީ އަފްގާނިސްތާނު ސަރުކާރުން ބޯލަނބަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްގެ ހައިސިއްޔަތުން އެ އިހްތިޔާރު އެމެރިކާއަށް އެއްވެސް އިރެއްގައި ލިބިފައި ނުވާކަމަށެ ވިދާޅުވިއެވެ.

ތާލިބާނުންނާ އެމެރިކާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ އެ މާއްދާއަށް ބަލާއިރު، މަސްއޫލުވެރި ހުރިހާ ފަރާތެއްގެ ރުހުމާއެކު އަސްކަރީ ހައްޔަރީންނާއި ސިޔާސީ ހައްޔަރީން ދޫކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި އަފްގާނިސްތާނުގެ ސަރުކާރަށް ނިސްބަތްވާ 1000 ކުއްވެރިންގެ ބަދަލުގައި މާރިޗު މަހުގެ ދިހަވަނަ ދުވަހުގެ ކުރިން ތާލިބާނުންގެ 5000 ކުއްވެރިން ދޫކުރުނާއެވެ.

އާދިއްތަ ދުވަހު ސޮއިކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކޮށްފައިވަނީ އެމެރިކާގެ ހާއްސަ މުޝީރު ޒަލްމޭ ހަލީލްޒާދެވެ. އަދި ތާލިބާނުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމާއަތުގެ އެންމެ އިސް ސިޔާސީ ފަރާތް ކަމުގައިވާ މުއްލާ އަބްދުލް ޢަނީ ބަރަދާރެވެ. މިއީ 19 އަހަރު ވެފައިވާ އަފްގާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ސިފަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ޖޫން 2017

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް