Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ/ ކެމްޕެއިން

ހުރިހާ ހަރަކާތެއް ކުރިއަށް މިގެންދަނީ މުޅި ރާއްޖޭގައި، މާލޭގަ އެކަންޏެއް ނޫން: އެމްޑީޕީ

1 މާރިޗު 2020 | އާދީއްތަ 08:33

އެމްޑީޕީން ލޯންޗިން ޖަލްސާ ބޭއްވީ ރައްޖޭގެ 161 ރަށުގައި އެއް ވަގުތެއްގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 މާރިޗު 2020 | އާދީއްތަ 08:33
އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް

އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ކެމްޕެއިން ކުރިހާ ޙަރަކާތެއް ކުރިއަަށް ގެންދަނީ ލާމަރުކަޒީކޮށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިނާ ގުޅޭ އެންމެފަހުގެ މަޢުލޫތު ދެއްވުމަށް އެމްޑީޕީން، އެޕާޓީގެ ކެމްޕެއިން މައި އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި، ކެމްޕެއިން ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި އެކިއެކި ބޭފުޅުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެބޭފުޅުންގެ މައިގަނޑު ސިޔާސަތަކީ ރައީސް ޔާމީން ގެންގުއްޅުވި ސިޔާސަތުތައް ކަމަށެވެ.

Advertisement - newsAdvertisement

އަފްޝަން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗިންގއަށް އެމްޑީޕީން ޖަލްސާތައް ބޭއްވީ މުޅި ރާއްޖޭގައި ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 161 ރަށެއްގައި އެއްވަގުތެއްގައި ޖަލްސާތައް ބާއްވާފައިވާ ކަމަށެވެ. އަދި 108 ރަށެއްގައި ބޭއްވުނު ޖަލްސާ ލައިވް ޓެލެކާސްޓް ކުރެވިގެން ކަމަށެވެ.

އަފްޝަން ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ހުރިހާ ޙަރަކާތެއްވެސް ހިނގާނީ ލާމަރުކަޒީކޮށް، މުޅި ރާއްޖޭގައި ކަމަށެވެ. އަދި ކެމްޕެއިން ހަރަކާތްތައްވެސް ހިންގަން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭގޮތަށް ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ ކެމްޕެއިން ލޯންޗިންގ ޖަލްސާ ރާއްޖޭގެ 161 ރަށެއްގައި އެއްވަގުތެއްގައި ބޭއްވިއިރު، އެރަށްތަކުގެ ޖަލްސާތަކުގައިވެސް ކެންޑިޑޭޓުންނާއި، ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެފައިވާއިރު، މާލޭގައި ބޭއްވި ޖަލްސާއަށް ޢާންމު ރައްޔިތުންގެ ބައިވެރިވުން ދަށް ކަން މީގެކުރިންވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މަލޭގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން މަދުވެފައިވަނީ، މާލޭގައި ދިރިއުޅޭ ރަށްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދެވިނުވާތީކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެމްޑީޕީން ބުނަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށާއި، އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އަފްޝަން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ކޮންމެ މަޝްރޫޢެއްގައި ސޮއިކުރުމާއި، އެ މަޝްރޫޢުއް ފެށުމާއި، ވަށާފާރު ރޭނުންފަދަ ކޮންމެ ކަމަކަށް ބޮޑެތި ރަސްމިއްޔާތުތަކެއް ބޭއްވިޔަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެގޮތަށް ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާނެ ކަމެވެ.

އަފްޝަން ވިދާޅުވީ، ބޮޑެތި ރަސްމިއްޔާތުތަކެއް ނުބޭއްވިޔަސް ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްރޫޢުތައް ހިންގަމުންދާ ކަމަށާއި ބަނދަރު ހެދުމާއި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް، ސަކޫލްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އިތުރުކުރަންޖެހޭ ކްލާސް ރޫމްތަކާއި، ވަޞީލަތްތައް ޤައިމު ކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހިންގަމުންދާ ކަމަށެވެ.

މީގެއިތުރުން މިހާރުވެސް 5000 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންވެސް ގެންދަވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް