Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ރާއްޖެ ލާމަރުކަޒުކުރުން: ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކޮށްފި

1 މާރިޗު 2020 | އާދީއްތަ 06:39

20 ޕްރޮޖެކްޓެއް ވަނީ ހަވާލުކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 1 މާރިޗު 2020 | އާދީއްތަ 06:39
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކޮންމެ ރަށެއްގެވެސް ކައުންސިލް މެމްބަރަކާއި އެރަށެއްގެ ސިއްހީ މަރުކަޒުގެ އިސްބޭފުޅެކެވެ.

Advertisement - newsAdvertisement

ހެލްތް މިނިސްޓްރީގެ ޕްރޮޖެކްޓްތައް ލާމަރުކަޒީކޮށް ކައުންސިލްތަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއެކު، ސިއްހީ ދައިރާގެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ ހުރިހާ މަޝްރުއެއް ކައުންސިލާއި ހަވާލުކުރުމަށް ނިންމަފައިވާކަމަށެވެ. މިނިސްޓްރީން އިސްނަގަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ރާއްޖޭގެ ތަރައްގީ އާއި މުސްތަގްބަލަށް ދެކޭ އުންމީދު ، ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި ނަމޫނާއަކަށް ވުމަށްޓަކައިކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި މަސައްކަތް ހަވާލުމިކުރަނީ ، ބީއޯކިއު އިއުލާންކުރުމަށްޓަކައި ވާންޖޭހޭ ހުރިހާ ތައްޔާރީތަކެއް ނިމި މިއަދުވެސް އިއުލާންކުރެވޭ ހިސާބަށް ގެނެސްދިނުމަށްފަހު ކަމަށެވެ. އެގޮތުން ލަސްނުވެ މި މަޝްރޫއުތައް ނިމިގެންދާނެކަމަށް ކަށަވަރުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކަށް ހަވާލުކުރެވުނީ އަތޮޅުތެރޭގެ ސިއްހީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަޝްރޫއުގެ ތެރެއިން ސިއްހީ ހިދުމަތުގެ ވަސީލަތް އިތުރުކޮށް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްކަމަށެވެ. މާލެ އަސް ސިއްހީ ހިދުމަތް ހޯދުމަށް އަންނަ އައުން މަދުކޮށް އަތޮޅުތެރޭގައި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އަސާސީ އެއް އަމާޒެވެ.

ސިއްހީ ހިދުމަތް ތަރައްގީކުރުމަށް މަޝްރުއޫތަށް ހަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހައ.ވަށަފަރު، ހދ.ވައިކަރަދޫ، ހދ.މަކުނުދޫ، ހދ.ފިނޭ، ނ.ކެނދިކުޅުދޫ، ތ.ހުޅުދުއްފާރު، ރ.ވާދޫ، އއ.ފެރިދޫ، އދ.ދިގުރަށް، އދ.ދަނގެތި، މ.މުލަށް، ލ.މާމެންދޫ، ގއ.މާމެންދޫ، ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ފިޔޯރީ، ގދ.މަޑަވެލި އަދި ސ.ހުޅުދޫގެ ހިމެނެއެވެ. މިނިސްޓަރ ވަނީ ކައުންސިލްތަކަށް ރައްޔިތުން އެދޭ ގޮތަށް އެ އަވަސް މިނުގައި މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ދެވެން ހުރި ހުރިހާ އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައެވެ.

ސިއްހީ ދައިރާގެ ޕަބްލިކް އިންވެސްޓްމެންޓް ޕްރޮގްރާމްތައް (ޕީއެސްއައިޕީ) ޕްރޮޖެކްޓްތަކެއް 20 ކައުންސިލާއި ހަވާލުކުރެވިފައިވާއިރު، މި ގެނުވުނު ބަދަލާއިއެކު މަރުކަޒުތަކުގެ ޖާގަ އިތުރުވެ ހިދުމަތުގެ ފެންވަރު ރަނަގަޅުކުރެވި މުވައްޒަފުންނާއި ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްރޫއުތައް ނިމިގެން ދާއިރު ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި ހަވާލުކުރެވިގެންދިޔަ މަޝްރޫއުތަކަށް ބަލާއިރު އެނގިގެންދާ ހަގީގަތަކީ އާބާދީ ކިތަންމެ ކުޑަޔަސް ހައްގުތަކާއި ވަސީލަތްތަކުގެ ގޮތުން އެއްވެސް ރަށެއް އަދުގެ ސަރުކާރުން ބާކީ ނުކުރާކަންކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް