Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - އަފްޣާނިސްތާން

18 އަހަރުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި ތާލިބާން ތާރީޚީ އެއްބަސްވުމަކަށް

1 މާރިޗު 2020 | އާދީއްތަ 03:47

އެމެރިކާ އިން އަފްޣާނިސްތާނަށް އެރީ ސެޕްޓެމްބަރު 2001 ގައި އަލްގައިދާ އިން އެމެރިކާއަށް ދިން ހަމަލާއަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2020 | އާދީއްތަ 03:47
ތާލިބާނުންނާއި އެމެރިކާ އާ ދެމެދު ސުލްހަގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ތާލިބާނުންނާއި އެމެރިކާ އާ ދެމެދު ސުލްހަގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

އަފްޣާނިސްތާނުގައި ހިނގަމުންދާ 18 އަހަރުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި ޠާލިބާނުން އެއްބަސްވުމަކާ ހަމައަށް އައިސްފިއެވެ.

ހޮނިހިރު ދުވަހު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ބޭލުމަށެވެ. މިއީ، މިފަހުން އެމެރިކާގެ އަސްކަރީ ފައުޖުތަކެއް އެމެރިކާއިން ބޭރުގައި ތިބެގެން މިހާ ގިނަ ދުވަހު ހަނގުރާމަ ކޮށްފައިވާ ފަހަރެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކުރިޔަށްގެންދިޔަ ޤަތަރުގެ ދޯހާގަ އެވެ.

މި އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، އަފްޣާނިސްތާނުގެ ރީކައުންސިލިއޭޝަން އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ޚާއްޞަ މަންދޫބު ޒަލްމޭ ޚާލިޒަދް އެވެ. އަދި މިއީ ޠާލިބާނާއި، އެމެރިކާ އާ ދެމެދު ކުރިޔަށްދިޔަ ވާހަކަތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ފަރާތްވެސް މެއެވެ. މި އެއްބަސްވުމުގައި ޠާލިބާންގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ޖަމާޢަތުން އެންމެ އިސްކޮށް މި ވާހަކަތައް ދެއްކުމުގައި އުޅުއްވި މުއްލާ އަބްދުލްޣަނީ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ޠާލިބާން ޖަމާޢަތުގެ ލީޑަރުން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި ޠާލިބާނުންވެސް ކަންތައްތަކެއް ކުރުމަށް ޖެހެއެވެ. އެގޮތުން ދާއިމީގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުންވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. އެއްބަސްވުން ބުނާގޮތުން 14 މަސްދުވަހުގެ މުއްދަތެއް ވަނީ އެމެރިކާގެ ފައުޖުތަކާއި، އެ ޤައުމާ ގުޅިފައިވާ އެހެން ޤައުމުތަކުގެ އަސްކަރީ ފައުޖުތަކާއި، ނޮން ޑިޕްލޮމެޓިކް މީހުންނާއި، ޢާންމުންނާއި، ޕްރައިވެޓް ސެކިޔުރިޓީންނާއި، ޓްރެއިނަރުންނާއި، އެޑްވައިޒަރުންނާއި، ސަޕޯޓިން ޚިދުމަތްތައް ދޭ މީހުން އަފްޣާނިސްތާނުން ބޭލުމަށް ދީފައެވެ. އަދި ފުރަތަމަ 135 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި 8600 ސިފައިން އެ ޤައުމުން ބާލާނެއެވެ.

ހަތަރު ޞަފުޙާގެ މި އެއްބަސްވުން ބުނާގޮތުން އަފްޣާނިސްތާނުގެ ބިމުގައި އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ އެއްވެސް ޤައުމަކަށް ނުރައްކާކުރުމުގެ އެއްވެސް ފުރުޞަތެއް ޠާލިބާނުން ދީގެންނުވާނެ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ޠާލިބާނުން އެޖަމާޢަތުގެ ހުރިހާ މެންބަރުންނަށާއި، އެމީހުންނަށް ވާގިވެރިވާ އެންމެންނަށް އަންގަންޖެހޭއިރު އެފަދަ އެއްވެސް ބަޔަކަށް ޠާލިބާނުން ވާގިވެރިވެގެންވެސް ނުވާނެކަމަށް މިއެއްބަސްވުމުގައި ބުނެފައިވެ އެވެ. މީގެއިތުރުން އެމެރިކާ އާ ދެކޮޅަށް ޙަމަލާދިނުމަށް މީހުން ތަމްރީނުކުރުމާއި، ފައިސާ އެއްކުރުމާއި، އެފަދަ މީހުން ރެކްރޫޓްކުރުމުގެ އެއްވެސް ކަމެއް ޠާލިބާނުން ކޮށްގެން ނުވާނެކަމަށް މިއެއްބަސްވުމުގައި ބުނެފައިވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕޮމްޕެއި ވިދާޅުވީ ޠާލިބާނުން މި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެމެރިކާއިން ފަހެއް ނުޖެހޭނެއެވެ. އެމެރިކާގެ ރައްޔިތުން ދިފާޢުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ޕޮމްޕެއި ވަނީ ވިދާޅުވެފަ އެވެ. އަދި މި އެއްބަސްވުމަކީ އަފްޣާނިސްތާނުގެ ބިން ޓެރަރިސްޓް ޢަމަލުތައް ހިންގުމުގެ ހާއްޔަކަށް ނުހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޕޮމްޕެއި ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އިން އަފްޣާނިސްތާނަށް އެރީ ސެޕްޓެންބަރު 2001 ގައި އަލް-ޤައިދާ އިން ނިއު ޔޯކަށް ދިން ޓެރަރިސްޓް ޙަމަލާ އަށް ފަހުއެވެ. އަފްޣާން ހަނގުރާމައިގައި އެމެރިކާގެ 2،400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ. އެމެރިކާގެ 12،000 އަށް ވުރެ ގިނަ ސިފައިން އަފްޣާނިސްތާނުގައި މިހާރު ވެސް ޙަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް