Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

މާލޭގައި ރޯގާއާއި، ފާނަބަސަންދު ފެތުރެނީ

ފާނަބަސަންދު ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ފެބުރުއަރީ 2020 | ހޮނިހިރު 07:37
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

މިދުވަސްވަރު މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ، އެކަމަށް ސަމާލުވުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހު އައިޖީއެމްއެޗުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ، މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީ ކުޑަކުދިންނާއި، ދިފާޢީ ނިޒާމު ބަލިކަށި ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ރޯގާޖެހި ހުންއައިސް ނުވަތަ ކެއްސާ މީހުން ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން، ފާނަބަސަންދު ޖެހިފައިވާ މީހަކު އުޅޭ ގެއެއްގައި އުޅޭ މީހުންގެ ތެރެއިން ކުރިން މި ބަލި ޖެހިފައިނުވާ އަދި ފާނަބަސަންދު ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށްވެސް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަން އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗުން ވަނީ ބަލިން ރައްކާތެރިވުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އިންފްލުއެންޒާ ވެކްސިން، ފާނަބަސަންދު ވެކްސިން އަދި އެމްއާރްއެމް ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން، ޞިއްޙީ މާހިރުންގެ ލަފައާ އެއްގޮތައް ވީ އެންމެ އަވަހަށް ޑޯޒްތައް ފުރިހަމަކުރުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.

އޭގެ އިތުރުން، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ވައިރަސްއެއް ކަމަށްވާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ، ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ، މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު