Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓު

އަންހެނުންނަށް ގޮނޑި ހާއްސަކުރީތީ ހުށައެޅި މައްސަލަ ނުބެލި

މައްސަލަ ހައިކޯޓަށް ހުށައެޅުމަށް މޫސަ ވަނީ ނިންމާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 28 ފެބުރުއަރީ 2020 | ހުކުރު 14:39
މައްސަލަ ހުށައެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ކުރީގެ ރައީސް މޫސަ އަންވަރު

މައްސަލަ ހުށައެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ކުރީގެ ރައީސް މޫސަ އަންވަރު

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް އެ މައްސަލަ ހުށައެޅީ އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުންދާ ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.

އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރ، މޫސަ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ. އެހެން ކަމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލެން ނެތް ކަމަށް އެ ކޯޓުން ފޮނުވި ސިޓީގައިވެއެވެ. އެ މައްސަލަ ހައިކޯޓަށް ހުށައަޅާނެ ކަމަށް މޫސަ ވަނީ ބުނެފައެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ރަށު ކައުންސިލްތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސެލަރުންގެ އަދަދަކީ 923 އެވެ. އެއީ ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ 372 ކައުންސިލަރުންނާއި، އަންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 372 ކައުންސިލަރުންނެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް އިންތިހާބުކުރެވޭ 179 ކައުންސިލަރުންނެވެ. އަތޮޅު ކައުންސިލަރުންގެ އަދަދަކީ 18 އެވެ. ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހިމެނޭ ގޮތަށް ޖުމްލަ 197 ކައުންސިލަރުން އަތޮޅު ކައުންސިލްގައި ތިއްބަވާނެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު