Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރޮހިންޖާ މުސްލިމުން

ރޮހިންގާ މުސްލިމުންގެ މައްސަލަ އަށް ރާއްޖެއިން ވަނުމަށް ނިންމުމުން އެމީހުންގެ ޝުކުރު ރާއްޖެއަށް

ރާއްޖޭގެ މި އަމަލު ރޮހިންޖާގެ މީހުންގެ ހާލަތާ ގުޅޭގޮތުން ނެރޭ އެތައް ބަޔާނަކަށް ވުރެ ވަރުގަދަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2020 | ބުރާސްފަތި 09:53
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުން

ރޮހިންގާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމުމާ ގުޅިގެން ރޮހިންގާ މުސްލިމުންގެ ދިފާޢުގައި މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ފަރާތްތަކުން ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އަށް ހުށަހަޅާފައިވާ މިއަންމާގެ ރޮހިންގާ މުސްލިމުންގެ މައްސަލަ އަށް ރާއްޖެ އިން ތަދައްޚުލް ވުމަށް ވަރަށް އަވަހަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ އިޢުލާން ކުރައްވާފަ އެވެ. އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް ހަމަޖައްސާފައިވަނީ މިފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ މަޝްހޫރު ޤާނޫނީ ވަކީލު އަމާލް ކްލޫނީ އެވެ.

Advertisement - newsAdvertisement

ރާއްޖެއިން މިމައްސަލައިގެ ތެރެއަށް ވަނުމަށް ނިންމުމާއެކު މިނިސްޓަރ ޝާހިދަށާއި މިސަރުކާރަށް ޝުކުރު އަދާކޮށް ރޮހިންގާގެ މުސްލިމުންގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ޝުކުރު އަދާކުރަމުންނެވެ. އެގޮތުން މިނިސްޓަރ ޝާހިދަށް ޝުކުރު އަދާކޮށް، ރޮހިންގާގެ މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރާ "ފްރީ ރޮހިންގާ ކޯލިޝަން" ގެ ފައުންޑަރެއް ކަމަށްވާ ރޮނޭ ސޭން ވިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރިކަމަށް އިންސާފު ހޯދަން މަސައްކަތް ކުރާތާ މިހާރު 42 އަހަރު ވެއްޖެ ކަމަށެވެ. ރާއްޖޭގެ މި ޢަމަލު ރޮހިންގާގެ މީހުންގެ ޙާލަތާ ގުޅޭގޮތުން ނެރޭ އެތައް ބަޔާނަކަށް ވުރެ ވަރުގަދަ ކަމަށް ރޮނޭ ސެން ބުނެފައިވެ އެވެ. ރޮނޭ ސެން އަކީ މިޔަންމާގެ މުސްލިމުންނަށް ދިން އަނިޔާތައް ތަހައްމަލުކޮށްފައިވާ އެކަމުން ސަލާމަތްވެފައިވާ މީހެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނިންމި މިނިންމުމަށް ޝުކުރު އަދާކޮށް ހިޔުމަން ރައިޓްސް އެކްޓިވިސްޓެއް ކަމުގައިވާ ރަފީ ޒާވް ވިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިމައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމި ނިންމުމަކީ ހަރުދަނާ ނިންމުމެއް ކަމަށެވެ. އަދި މިކަމަށް ރާއްޖެއިން ވަންނަން ނިންމި ނިންމުމަށް އދ، އެމެރިކާ، އީޔޫ، ޔޫކޭ، ރަޝިޔާ، އިންޑިޔާ އަދި އާސިއާންގެ ޤައުމުތަކުން ރާއްޖެއަށް ސަޕޯޓުދީ މިޔަންމާގެ އަސްކަރިއްޔާގެ ފަރާތުން އަނިޔާ ލިބެމުންދާ އެހެން މީހުންގެ ޙައްޤުތައްވެސް ޙިމާޔަތްކުރުމަށް މިކަމުން އިތުރު ފުރުޞަތެއް ލިބިގެން ގޮސްފިކަަމަށް ބުނެފައިވެ އެވެ. އަދި އެކަމަށްޓަކައި މިނިސްޓަރ ޝާހިދަށާއި ރައީސް ޞާލިޙަށް ޝުކުރުއަދާ ކުރާކަމަށް މިޓްވީޓްގައި ބުނެފައިވެ އެވެ.

ރޮހިންގާ މުސްލިމުންގެ މައްސަލަ ގެމްބިއާ އިން ހުށަހެޅީ، 57 ޤައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުންނެވެ. އެ މައްސަލައިގައި ބައިނަލްއަޤުވާމީ ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޤަތުލް ޢާންމުން ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޢަމުރުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު